twitterviber whatsapp telegramfacebookyoutube instagram
26th July 2026

ގިނަ އަދަދެއްގެ ބޮނބި އޮޅުތައް ނަގަން ކައުންސިލުން އަންގައިފި

ޚަދީޖާ އާދަމް
Nov 10, 2021

ރަށުގެ އެކި ސަރަހައްދުތަކުގައި ހުރި ގިނަ އަދަދެއްގެ ބޮނބި އޮޅުތައް ނަގަން ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާއިން މިއަދު އަންގައިފި އެވެ.

މިއަދު ކައުންސިލުން ގެޒެޓްކޮށްފައިވާ އިއުލާނުގައި އަންގާފައިވަނީ އަމީރު އަމީން ސްކޫލްގެ އުތުރުން މަގާންމަގާއި ދޭތެރޭގައިވާ ބޮނބިފާ/އޮޅުފަދަ ތަންތަނާއި، ހިރަފުސް ދަނޑު އިރުމަތި އަދި އުތުރުގައި ހުރި ބޮނބިފާ/އޮޅުފަދަ ތަންތަން އަދި ކުޅުދުއްފުށީ ކުޅީގެ ދެކުނުން ހުރި ގޯތިތަކުގެ އިމުން ފެށިގެން 50 ފޫޓްގެ ސަރަހައްދުގައި ހުރި ބޮނބިފާ/އޮޅުފަދަ ތަންތަން ހުސްކުރާށެވެ.

ކައުންސިލުން ވަނީ މިއަދުން ފެށިގެން 21 ދުވަހުގެ ތެރޭގައި އެ ސަރަހައްދުތަކުގައި ހުރި އަމިއްލަ ފަރާތްތަކުގެ ތަކެތި ނެގުމަށް އެދިފައެވެ. އަދި މި މުއްދަތުގެ ތެރޭގައި މި ތަކެތި ނުނަންގަވައިފިނަމަ އެއީ ވެރިޔަކު ނެތް ތަކެތި ކަމަށް ބަލާ ނައްތާލެވޭނެ ކަމަށްވެސް އިއުލާނުގައި ބުނެފައި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355