twitterviber whatsapp telegramfacebookyoutube instagram
12th October 2026

ދެ ދުވަސްތެރޭ އިތުރު 124 މީހުން ޕޮޒިޓިވް

ޚަދީޖާ އާދަމް
Feb 11, 2022
2

ދެ ދުވަސްތެރޭ ކުޅުދުއްފުށިން އިތުރު 124 މީހުން ޕޮޒިޓިވް އެކްޓިވް ކޭސްތަކުގެ އަދަދު 651 އަރައިފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު އިތުރު 81 މީހަކު ޕޮޒިޓިވްވެފައިވާއިރު އޭގެތެރޭގައި ހިމެނެނީ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަވި 43 މީހަކާއި ފުލޫ އޯޕީޑީއަށް ދެއްކިި 37 މީހެއްގެ އިތުރުން ޑިޕާޗާ ސާމްޕަލެކެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ އަދަދު މަދުކަން ފާހަގަކޮށްލެ ވެއެވެ. އެގޮތުން މިއަދު ޕޮޒިޓިވްވެފައިވަނީ 43 މީހެކެވެ.

މި ވަގުތު އެކްޓިވް ކޭސްތަކުގެ ގޮތުގައި ތިބީ ފުލޫ އޯޕީޑީއަށް ދެއްކި 363 މީހަކާއި، ކޮންޓެކްޓް ޓްރޭސިން ފާހަގަވި 267 މީހެއް އިތުރުން ރޭންޑަމްކޮށް ނެގި ސާމްޕަލްތަކުގެ ތެރެއިން ޕޮޒިޓިވްވި 19 މީހަކާއި ޑިޕާޗާ 2 ސާމްޕަލެވެ.

މިދިޔަ ޑިސެންބަރު މަހު 20 ވަނަ ދުވަހުން ފެށިގެން ކުޅުދުއްފުށިން ކޭސްތައް ފެންނަމުންދާއިރު މިއީ އެންމެ ގިނަ ބަޔަކު ޕޮޒިޓިވްވި ފަހަރެވެ. އެގޮތުން މިމަސް ފެށުނު އިރު އެކްޓިވް ކޭސްތަކުގެ އަދަދު އުޅެނީ 441 ގައެވެ. ނަމަވެސް މިހާރު އެ އަދަދު ވަނީ 651 އަރާފައެވެ. އަދި ޖެނުއަރީ މަހުގެ ނިޔަލަށް ޖުމްލަ 917 މީހުން ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ.

ކޭސްތައް ފެނި ރަށް މޮނީޓަރިންގައި އޮތްނަމަވެސް މިފަހަރު ވަނީ އަޅާފައިވާ ފިޔަވަޅުތަކަށް ވަރަށް ބޮޑެތި ލުއިތަކެއް ދީފައެވެ. އެގޮތުން ގޭގެ ވަކި ކޮޓަރިއެއްގައި ކަރަންޓީނު ވެވޭނެ ގޮތަށް ނިންމާ ގޭގެ ބޭރުގައި ނޯޓިސް ތަތް ކުރުން ވެސް ހުއްޓާލުމަށް ޓާސްކްފޯހުން ވަނީ ނިންމާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293