twitterviber whatsapp telegramfacebookyoutube instagram
1st November 2026

ކުމުންދޫ ނެރުމައްޗަށް އެމްޓީސީސީ ހިލަބާޖެއް އުރިއްޖެ

Jul 5, 2023

ހދ ކުމުންދޫ ނެރުމައްޗަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ގެ ހިލަބާޖެއް އުރިއްޖެ އެވެ.

ކޭއޯއަށް މައުލޫމާތު ދެއްވަމުން ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުހައްމަދު ވިދާޅުވީ މި ހަދިސާ ހިނގާފައިވަނީ އިއްޔެ ހަވީރު އައި ގަދަ ކޮޅިގަނޑެއްގަ ކަމަށެވެ. ބާޖް ފުންކުރުމުގެ މަސަކަތް މިހާރުވެސް ކުރަމުން އަންނަ ނަމަވެސް އަދިވެސް ފުން ނުކުރެވޭކަމަށް އަމީން ވިދާޅުވި އެވެ. ބާޖް ފުންކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ އެމްޓީސީސީންނެވެ.

މިހާދިސާގައި އެއްވެސް މިހާކަށްވެސް އަދި ބަނދަރަށްވެސް ގެންލުންވި ކަމުގެ މައުލޫމާތު ލިބިފައި ނުވާކަމަށާއި އަމީން ވިދާޅުވި އެވެ. މި ހިލަ ބާޖަކީ ކުމުންދޫ ނެރުހެދުމުގެ މަސަކަތް ކުރުމަށް މީގެ 3 ދުވަސް ކުރިން އެރަށުގައި ބޭރުގައި ބަނދަރުކޮށްފައި އަދި ހުސްނުކުރެވިގެން އޮތް ހިލަ ބާޖެކެވެ.

މީގެ 3 ދުވަސްކުރިންވެސް އެ އަތޮޅު ނޭކުރަނދޫ ޑިނގީއެއްވެސް 6 މީހުންނާއެކު ކުމުންދޫ ނެރުމައްޗަށް ވަނީ ބަނޑުން ޖަހާލާފަ އެވެ.

ކުމުންދޫ ބަންދަރު ހަދާފައިވަނީ ރަށުގެ ރާޅުބޮޑު ސަރަހައްދެއްކަމުން ކުމުންދޫ ފަޅުތެރެއަކީ އާންމުކޮށްވެސް ވަރަށް ގަދަ ބަނދަރެކެވެ. ހާއްސަކޮށް ހުޅަނގުގެ ގަދައިގައި ވަރަށް ގަދަ ބަދަރެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293