twitterviber whatsapp telegramfacebookyoutube instagram
18th October 2024

ކުމުންދޫގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމުކޮށް ނިންމާލައިފި

ނަބީލާ އިސްމާޢީލް
Jul 24, 2024

އެމްޑަބްލިޔުއެސްސީއިން ހދ.ކުމުންދޫގައި ކުރިއަށް ގެންދިޔަ ފެނާއި ނަރުދަމާ ނިޒާމް ގާއިމްކޮށް ނިންމާލައިފިއެވެ.

ކުމުންދޫގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމު ކުރުމުގެ މަޝްރޫއުއަކީ ކޮންސްޓްރަކްޝަން މިނިސްޓްރީން އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. އެ ކުންފުންޏާ މި މަޝްރޫއު ހަވާލުކޮށްފައިވަނީ 102.17 މިލިއަން ރުފިޔާއަށެވެ.

އެމްޑަބްލިއުއެސްސީން ބުނީ މި މަޝްރޫއުގެ ދަށުން ކުމުންދޫގައި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން ގާއިމުކޮށް ފެނާއި ނަރުދަމާ ހޮޅީގެ މައި ނެޓްވޯކު އަޅައި ގޭގެއަށް ފެނާއި ނަރުދަމާ ކަނެކްޝަން ގުޅާފައިވާ ކަމަށެވެ.

މީގެއިތުރުން ފެން ރައްކާކުރުމަށް ތާނގި ބަހައްޓައި ބޯހޯލް ތޮރުފާ ޕަމްޕިން ސްޓޭޝަނާއި ސީ އައުޓް ފޯލް އަދި ރިޖެކްޓް ލައިން ވެސް އަޅާފައިވާ ކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ.

މި މަޝްރޫއުގެ ދަށުން ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު އެމްޑަބްލިއުއެސްސީން ފޯރުކޮށްދޭނެއެވެ. މި މަޝްރޫއުގެ ސަބަބުން ކުމުންދޫގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ނިޒާމެއް ގާއިމު ކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355