twitterviber whatsapp telegramfacebookyoutube instagram
20th August 2026

ދައުލަތައް ހިދުމަތް ކުރުމުގެ އިނާމު 117 ބޭފުޅަކަށް ދީފި

Nov 11, 2021

ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު 117 ބޭފުޅަކަށް ދީފިއެވެ. ރޭ ބޭއްވި ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި އެ ބޭފުޅުންނަށް ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ހަވާލު ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއެވެ.

އެ ބޭފުޅުންގެ ތެރޭގައި 50 އަހަރަށް ވުރެ ދިގު މުއްދަތަކަށް ދައުލަތަށް ހިދުމަތް ކުރެއްވި ފަސް ބޭފުޅެއްގެ ނަން ރައީސް ސޯލިހު ވަނީ ފާހަގަކުރައްވާފައެވެ. އެއީ:

  • ފާއިޒާ އަބްދުލްގާދިރު
  • އިބްރާހިމް ޒަކީ
  • ކާނަލް ރިޓަޔާޑް (ރަން ވިއްކާ) އާދަމް މަނިކު
  • ލެފްޓިނެންޓް ރިޓަޔާޑް އުމަރު މުހައްމަދު
  • އިބްރާހިމް ހަލީމް

ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަކީ ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކޮށްފައިވާ މުވައްޒަފުންގެ ތެރެއިން، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ގާބިލުކަމާއި އިހްލާސްތެރިކަމާއެކު ކޮށްފައިވާ ހިދުމަތްތަކަށާއި އެ މުއައްސަސާއެއްގެ ކުރިއެރުމަށް ކޮށްދީފައިވާ ހިދުމަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ގައުމީ ފެންވަރުގައި ދިވެހި ދައުލަތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ އެންމެ ޝަރަފުވެރި އިނާމެވެ.

އެގޮތުން މިރޭ އިނާމު ލިބިވަޑައިގަތް ބޭފުޅުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފާއި ބްރިގޭޑިޔާ ޖެނެރަލް ޒަކަރިއްޔާ މަންސޫރާއި ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އިބްރާހިމް މުހައްމަދު ދީދީ ވެސް ހިމެނިވަޑައިގަންނަވައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355