twitterviber whatsapp telegramfacebookyoutube instagram
26th April 2024

މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ޖީސީއޭއާއެކު އެއްބަސްވެއްޖެ

Nov 11, 2021

މޫސުމަށް އަންނަ ބަދަލުތަކަށް ރާއްޖެ ހޭނުވުމަށާއި، އެކަންކަމުން ލިބޭ ގެއްލުން ކުޑަކުރުމަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތަކަށް އެއްބާރުލުހުން ދިނުމަށް ދަ ގްލޯބަލް ސެންޓާ އޮން އެޑެޕްޓޭޝަން (ޖީސީއޭ) އާއި ރާއްޖެއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ސޮއިކުރީ އިނގިރޭސިވިލާތުގެ ގްލާސްގޯގައި މިހާރު ކުރިއަށްދާ، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ބައިނަލްއަގުވާމީ ކޮންފަރެންސް ކަމަށްވާ ކޮޕް26ގެ ހަވާސާގަ އެވެ. ރާއްޖޭގެ ފަރާތުން އެންވަޔަރްމަންޓް މިނިސްޓަރު އާމިނަތު ޝައުނާ ސޮއިކުރެއްވި އިރު، ޖީސީއޭ ތަމްސީލުކުރެއްވީ އެ އިދާރާގެ ސީއީއޯ ޕެޓްރިކް ވާކޫއިޖެން އެވެ..

އެންވަޔަރަމެންޓް މިނިސްޓްރީ އިން ބުނީ މި އެއްބަސްވުމުގެ ދަށުން މޫސުމަށް އަންނަ ބަދަލުތަކަށް ރާއްޖެ ހޭނުވުމަށް 200 މިލިއަން ޑޮލަރުގެ މަޝްރޫއުތަކެއް އެކުލަވައިލުމަށް ޖީސީއީ މެދުވެރިކޮށް ފައިސާ ހޯދައިގެން ހިންގުމަށް ރާވާފައިވާ ކަމަށެވެ.

ރާއްޖޭގެ ފަރާތުން ޕެރިސް އެގްރިމެންޓްގައި ހުށަހަޅާފައިނާ ނޭޝަނަލީ ޑިޓާމިންޑް ކޮންޓްރިބިއުޝަން (އެންޑީސީ) ގައި ހިމެނޭ އެޑެޕްޓޭޝަން ލަނޑުދަނޑިތައް ހާސިލުކުރުމާއި، ކްލައިމެޓް ވަލްނަރަބަލް ފޯރަމް އަދި ވީ20 މެދުވެރިކޮށް ރާއްޖެއިން ކުރާ މަސައްކަތްތަކަށް މި އެއްބަސްވުމުގެ ދަށުން އެހީ ހޯދާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދަނޑުވެރިކަމަށާއި، ފެނުގެ ވަސީލަތްތަކަށާއި، ރާއްޖޭގެ ރަށްރަށަށް ކުރާނެ ނޭދޭ އަސަރުތައް ކުޑަކުރުމައި، އަދި މި ކަންކަމަށް ބޭނުންވާ މާލީ އެހީ ހޯދުމަށް ޖީސީއޭ އިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.

ޖީސީއޭ އަކީ މޫސުމަށް އަންނަ ބަދަލުތަކަށް ދުނިޔޭގެ ގައުމުތައް ހޭނުވުމަށް 2018 ވަނަ އަހަރު ނެދަލޭންޑްސްގެ ރޮޓާޑޭމްގައި އުފައްދާފައިވާ ބައިނަލްއަގްވާމީ ޖަމާއަތެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355