twitterviber whatsapp telegramfacebookyoutube instagram
27th April 2024

މިނިވަންކަމަށް ހުރަސް އެޅޭފަދަ އެއްބަސްވުންތައް ސިއްރުކުރުމަކީ ކޮށްގެންވާނެކަމެއް ނޫން: އިދިކޮޅު

މުޙައްމަދު އަހުމަދު
Nov 13, 2021

މިނިވަންކަމަށް ހުރަސް އެޅޭފަދަ އެއްބަސްވުންތައް ސިއްރުކުރުމަކީ ކޮށްގެންވާނެކަމެއް ނޫންކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ. އެއްބަސްވުންތައް ސިއްރުކުރަނީ އަމިއްލަ ބޭނުންތަކެއް ހާސިލްކުރުމަށް މިނިވަންކަން ބޭނުންކުރާތީކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަދުރޭ މިހެން ވިދާޅުވެފައިވަނީ އިއްޔެ "މިނިވަންކަމުގެ ދިފާއުގައި ދިވެހީން" ނަމުގައި އިދިކޮޅުން ކުރިއަށްގެންދިޔަ ގައުމީ ހަރަކާތުގެ ތެރެއިން ބޭއްވި ސުލްހަވެރި ހަރަކާތުގައި އެވެ.

އަދުރޭ ވިދާޅުވީ މިނިވަންކަމަށް ބުރޫ އަރާ ކަންކަން ކުރުމުގައި ވެސް އެންމެ އިސް ދައުރެއް އަދާކުރަނީ ސަރުކާރުންކަމަށް ވިދާޅުވެފަ އެވެ. އެގޮތުން އުތުރު ތިލަފަޅުގެ އެއްބަސްވުމާއި ހަނިމާދޫއާއި ކައްދޫއާއި އައްޑޫއާއި އަދި މި ނޫން ތަންތަނުގައި ސިފައިން ބައިތިއްބައިގެން ހިންގަމުންދާ އަމަލަކީ ނުވަތަ ހަރަކާތްތަކަކީ ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާނެ ހަރަކާތްތަކެއްކަން ދިވެހި ރައްޔިތުން މިއަދު ވަރަށް ރަނގަޅަށް ދަންނަކަމަށް އޭނާ ވިދާޅުވި އެވެ.

ރައްޔިތުން މިކަން ނިންމާނީ ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިދޭ ބާރު ހޯދާފައި އެ ބާރުގެ ބޭނުންކޮށްގެން މިނިވަންކަން ދިފާއުކޮށް މާތްވެގެންވާ އިސްލާމްދީން ހިމާޔަތްކޮށް އަދި ރައްޔިތުންނަށް ގާނޫނު އަސާސީން ލިބިދޭ ހިމާޔަތާއި ރައްކާތެރިކަން ކަށަވަރުކޮށްފައިކަން ފާހަގަކުރައްވައި އަދުރޭ ވަނީ އިދިކޮޅުން ހިންގާ ހަރަކާތްތައް ނުހުއްޓުވޭނެކަމަށާއި އަދި އެއް ދުވަހުން އަނެއް ދުވަހަށް އިދިކޮޅުގެ ހަރަކާތްތައް ވަރުގަދަކޮށް ބޮޑުކުރުމުގެ މަސައްކަތް ކުރާނެކަމަށް ވެސް ވިދާޅުވެފަ އެވެ.

"ދިވެހި ރައްޔިތުން ބޭރު އެއްވެސް ގައުމެއްގެ އަސްކަރީ ބަޔަކު ރާއްޖޭގެ ފަސްގަނޑުގައި ތިބޭކަށް ބޭނުމެއް ނުވޭ. ދިވެހީންގެ ގޮވާލުމަކީ ދިވެހީންގެ މިނިވަންކަމާއި އިސްތިގުލާލު ހިމާޔަތްކުރާނީ ދިވެހިން އަމިއްލައަށޭ،" ގައްސާން ވިދާޅުވިއެވެ.

މި ހިނގާލުމުގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު ގައްސާން މައުމޫން ވިދާޅުވެފައިވަނީ ދިވެހި ރައްޔިތުން ބޭރު އެއްވެސް ގައުމެއްގެ އަސްކަރީ ބަޔަކު ރާއްޖޭގެ ފަސްގަނޑުގައި ތިބޭކަށް ބޭނުމެއް ނުވާކަމަށާއި ދިވެހީންގެ ގޮވާލުމަކީ ދިވެހީންގެ މިނިވަންކަމާއި އިސްތިގުލާލު ހިމާޔަތްކުރާނީ ދިވެހިން އަމިއްލައަށް ކަމަށް ވިދާޅުވެފަ އެވެ.

މިއަދު ސަރުކާރަށް އަޑު އިއްވަން ބޭނުންވަނީ މިނިވަންކަމުގެ ދިފާއުގައި ރައްޔިތުން އުފުލާ އަޑުކަމަށް ވެސް ގައްސާން ވިދާޅުވި އެވެ.

މިހިނގާލުމުގައި ސަރުކާރުގެ އިސްވެރިންގެ އިސްތިއުފާއަށް ވެސް ތަކުރާރުކޮށް ގޮވާލާފައިވާއިރު މި ހިނގާލުމުގައި ގިނަ އަދަދެއްގެ އާންމުންނާއި އިދިކޮޅު ކޯލިޝަނުގެ އިސްވެރިން ވެސް ވަނީ ބައިވެރިވެފަ އެވެ.

ރާއްޖޭގައި އިންޑިއާގެ އަސްކަރިއްޔާގެ ނުފޫޒު އޮތުމާ ދެކޮޅަށް ހިނގާލުމުގެ ބައިވެރިން ވަނީ ވަރަށް ބޮޑަށް އަޑުއުފުލާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355