twitterviber whatsapp telegramfacebookyoutube instagram
17th February 2026

ހައި ސްޕީޑް ފެރީ ނިޒާމުގެ ގިނަ މަސައްކަތްތައް އަންނަ އަހަރު ފެނިގެންދާނެ

Nov 14, 2021

ހައި ސްޕީޑް ފެރީ ނިޒާމުގެ ގިނަ މަސައްކަތްތަ ފެށި މި ކަމަށާއި ނިޒާމުގެ ބޮޑުބައެއް ހަގީގަތަކަށް ވެގެންދާ މަންޒަރު އަންނަ އަހަރު ފެނިގެންދާނެކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

2022 ވަނަ އަހަރުގެ ބަޖެޓުގައި މި ހައިސްޕީޑް ފެރީގެ ނިޒާމްގެ މަޝްރޫއުގެ އެކްސަސް އިމްޕްރޯވްމަންޓް ޕްލެޓްފޯމަށް 31 މިލިޔަން ރުފިޔާވަނީ ކަނޑައަޅާފައެވެ.

ޕީއެސްއެމް ނިއުސްގެ ބަޖެޓް ޕްރޮގްރާމްގައި މިނިސްޓަރު އަސްލަމް ވިދާޅުވީ ހައިސްޕީޑް ފެރީގެ ނިޒާމްގެ މަޝްރޫއު ކާމިޔާބުކަމާއެކު ނިންމާލުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއްކަމަށާއި ރާއްޖޭގެ އެއްރަށުން އަނެއްރަށަށް މީހުންނަށް ހިދުމަތްތަކާއި ހަމައަށް ވާސިލުވެވޭނީ ލުއިފަސޭހަ ދަތުރުފަތުރުގެ ނިޒާމެއް އޮވެގެންކަމަށެވެ.

ރާއްޖޭގެ އަތޮޅުތަކުގެ ރަށްރަށް ހައިސްޕީޑް ފެރީގެ ނިޒާމަކުން ގުޅާލުމަށްޓަކައި ބޭނުންކުރާ ފުރަތަމަ ފެރީ ޓެސްޓްކޮށްފައިވާއިރު މި ނިޒާމުގެ ޒޯން 1ގެ ހިދުމަތަށް 17 ފެރީ ބަނުމުގެ މަސައްކަތާއި ފެރީ ޓާމިނަލްތަކާއި ޕަސެންޖަރ ސްޓޮޕްތައް ހެދުމުގެ މަސައްކަތް މިހާރުދަނީ ކުރަމުންނެވެ.

ޕްލޭނިންގ މިނިސްޓަރ ވިދާޅުވީ އަމާޒަކީ 2023 ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށަކަށް ހައި ސްޕީޑް ފެރީ ނިޒާމްގެ ދަށުން ހިދުމަތް ފަށައިގަތުންކަމަށާއި އެކަމުގެ މަސައްކަތުގެ ބޮޑު ބައެއް އަންނަ އަހަރު ފުރިހަމަކުރެވިގެންދާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355