twitterviber whatsapp telegramfacebookyoutube instagram
23rd June 2024

އުތުރަށް މޫސުމް ގޯސްވެ އާރްޓީއެލް ފެރީގެ ހިދުމަތް މެދުކެނޑިއްޖެ

އަބްދުލް ވާހިދު ޙަސަން
Aug 1, 2022
1

ރާއްޖޭގެ އުތުރަށް މޫސުމް ގޯސްވެ ކަނޑުގަދަވުމުގެ ސަބަބުން ހއ، ހދ އަތޮޅުގައި ދެމުންގެންދާ ރާއްޖެ ޓްރާސްޕޯޓް ލިންކް (އާރުޓީއެލް) ފެރީގެ ހިދުމަތް މެދުކަނޑާލައިފި އެވެ.

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އާދިއްތަ ދުވަހުވެސް ކަނޑު ދަތުރުފަތުރު ނުކުރަން އިލްތިމާސްކޮށް މެޓް އޮފީހުން ވަނީ ރީނދޫ ސަމާލުވެސް އުތުރަށް ނެރެފަ އެވެ. އެހެންވުމުގެ ސަބަބުން އިއްޔެވެސް އާރުޓީއެލްގެ ގިނަ ފެރީތަކެއް ކެންސަލްކުރި އެވެ.

މިއަދުވެސް ކަނޑުގަދަވުމުގެ ސަބަބުން ހއ، ހދ އަތޮޅުގައި ދެމުންގެންދާ އާރުޓީއެލް ފެރީގެ ގިނަ ދަތުރުތަކެއް ވަނީ ކެންސަލްކޮށްފަ އެވެ.

އެގޮތުން މަކުނުދޫ ރޫޓާއި ހިރިމަރަދޫ، ނައިވާދޫ، ހަނިމާދޫ، ހއ ތުރާކުނު ރޫޓާއި، މާރަންދޫ، ކެލާ، މޮޅަދޫ، އިހަވަންދޫ، ފިއްލަދޫ ރޫޓްގެ ދަތުރުތައް ވަނީ ކެންސަލްކޮށްފަ އެވެ. މީގެ އިތުރުން ދިއްދޫ އާއި ކުޅުދުއްފުއްޓާއި އަދި ހަނިމާދޫ ދެމެދު ދަތުރުކުރާ ދެ ފެރީއެއްގެ ދަތުރުތައްވެސް ވަނީ މެދުކަނޑާލާފަ އެވެ.

މިހާރުވެސް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ ރީނދޫ ސަމާލު ނެރެފަ އެވެ. މެޓުން ބުނެފައިވަނީ 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި ކަނޑުތައް ވަރަށް ގަދަވާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355