twitterviber whatsapp telegramfacebookyoutube instagram
28th November 2025

ކުޅުދުއްފުށީ އާރުޓީއެލް އޮފީހުގެ މެނޭޖަރަކަށް އާތިފާ

އަބްދުލް ވާހިދު ޙަސަން
Mar 24, 2024
6

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ކުޅުދުއްފުށީ އޮފީހުގެ މެނޭޖަރަކަށް އާތިފާ އަލީ ހަމަޖައްސަވައިފި އެވެ.

ދިރާގުގައި 15 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތްކުރެއްވުމަށްފަހު އާތިފާ ސިޔާސީ ދާއިރާގައި މަސައްކަތްކުރައްވަން ފެއްޓެވިފަހުން އަދި މާގިނަ އަހަރުތަކެއް ނުވާނެ އެވެ.

އެކަމަކު އާތިފާ ފާހަގަކުރެވިފައިވަނީ ކެރިގެން އިންތިހާބުތަކުގައި ވާދަކުރެއްވި ބޭފުޅެއްގެ ގޮތުގައި އެވެ. އެންމެފަހުން އޭނާ ވާދަކުރެއްވީ ޕީޕީއެމް/ޕީއެންސީގެ ދެކުނު ދާއިރާގެ މަޖިލިސް ޕްރައިމަރީގަ އެވެ.

އާރުޓީއެލް އޮފީހުގެ މެނޭޖަރުގެ ވަޒީފާއަށް އާތިފާ މިހާރު ނުކުންނަވާއިރު އެތަނުގައި މިހާރުވެސް މެނޭޖަރެއް ހުންނަވަ އެެވެ.

އާތިފާއަކީ ޕީއެންސީ/ޕީޕީއެމްގެ ކުޅުދުއްފުށީ ސްޓެއަރިންގ ކޮމެޓީގެ ނައިބު ރައީސާ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355