twitterviber whatsapp telegramfacebookyoutube instagram
29th March 2024

އެމްއެންޔޫ އިންޖިނިއަރިން ފެކަލްޓީގެ ޑީންއަކަށް އާދަމް ހާލިދު

ނަބީލާ އިސްމާޢީލް
Nov 15, 2021

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ފެކަލްޓީ އޮފް އިންޖިނިއަރިން، ސައިންސް އަދި ޓެކްނޮލޮޖީ (އެފްއީއެސްޓީ)ގެ ޑީން ކަމުގެ މަގާމަށް އާދަމް ހާލިދު އައްޔަންކޮށްފިއެވެ.

އެމްއެންޔޫ މަރުކަޒީ އިދާރާގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ހާލިދަށް މަގާމުގެ ލިޔުން ހަވާލު ކޮށްދެއްވީ އެމްއެންޔޫގެ ވައިސް ޗާންސެލަރު ޑރ. މުހައްމަދު ޝަރީފެވެ.

މި ރަސްމިއްޔާތުގައި ހާލިދު ވިދާޅުވީ ފެކަލްޓީ އޮފް އިންޖިނިއަރިން، ސައިންސް އަދި ޓެކްނޮލޮޖީގައި ކިޔަވައިދޭ ދާއިރާތަކަކީ މިގައުމުގައި މީހުން މަދު ދާއިރާތަކެއް ކަމަށެވެ. އަދި ގައުމެއް ތަރައްގީވުމަށް ޓެކްނޮލޮޖީއަށް އަހުލުވެރި، ސައިންސްގެ އަލީގައި ވިސްނަން ދަންނަ، އިލްމީ އަދި ފަންނީ މީހުން ބިނާކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ހާލިދު ވިދާޅުވި ގޮތުގައި އަމާޒަކީ އެ ފެކަލްޓީ އިން ނުކުންނަ ދަރިވަރުންނަކީ އިލްމަށް ލޯބިކުރާ، މަސައްކަތުގެ އަހުލާގު ރަނގަޅު އަދި ޒަމާނަށް ލޯހުޅުވިފައިވާ ބަޔަކަށް ހެދުންކަމަށެވެ.

މީގެ އިތުރުން ތިމާވެއްޓާ ބެހޭ ގޮތުން ކުރެވޭ ދިރާސާތައް ހަރުދަނާކޮށް އިތުރު ކުރުމަށް މާސްޓާސް ޑިގްރީ އިން އެންވަޔަރަންމަންޓަލް ސްޓަޑީޒް ތައާރަފުކުރުމަށް ގަސްތުކުރާ ވާހަކަވެސް ހާލިދު ވިދާޅުވިއެވެ.


ހަމައެއާއެކު ހާލިދުގެ ޑީންކަމުގެ ދައުރު ނިމުމުގެ ކުރިން މެރިން ބައޮލޮޖީ ހަރުދަނާކޮށް، އެގްރިކަލަޗަރ ޑިގްރީއެއްވެސް ފައްޓާނެކަމަށް އޭނާ ވިދާޅުވިއެވެ.

ޚާލިދު ވަނީ 2005 ވަނަ އަހަރުން 2009 ވަނަ އަހަރަށް ފެކަލްޓީ އޮފް މެނޭޖްމަންޓް އެންޑް ކޮމްޕިއުޓިންގެ އެސިސްޓަންޓް ލެކްޗަރާއެއްގެ ގޮތުގައި ވަޒީފާ އަދާކުރައްވާފައެވެ. އަދި 2011 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ފެކަލްޓީ އޮފް އިންޖިނިއަރިން، ސައިންސް އަދި ޓެކްނޮލޮޖީގެ ލެކްޗަރާ އެއްގެ މަގާމު އަދާކުރެއްވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355