twitterviber whatsapp telegramfacebookyoutube instagram
5th May 2024

އޮޑިޓަރ ޖެނެރަލްގެ އުތުރު ސަރަހައްދީ އޮފީހަށް މެނޭޖަރެއް ހޯދަނީ

ނަބީލާ އިސްމާޢީލް
Nov 16, 2021
2

ކުޅުދުއްފުށީ ސިޓީގައި ހުންނަ އޮޑިޓަރ ޖެނެރަލްގެ އުތުރު ސަރަހައްދީ އޮފީހަށް މެނޭޖަރެއް ހޯދަން އިއުލާންކޮށްފި އެވެ.

މިދިޔަ ސެޕްޓެމްބަރު މަހު 6 ވަނަ ދުވަހު ކުޅުދުއްފުށީގައި ހުޅުވި އެ އޮފީހަށް ހޯދާ މޭނޭޖަރުގެ އަސާސީ މުސާރައަކީ އެގާރަހާސް ފަސްސަތޭކަ ރުފިޔާއެވެ. އޭގެ އިތުރުން ސަރވިސް އެލަވަންސްގެ ގޮތުގައި ދުވާލަކަށް ދުއިސައްތަ ފަސްދޮޅަސް ތިންރުފިޔާ ތިރީސް ތިންލާރިގެ އިތުރުން ލިވިންގ އެލަވަންސްގެ ގޮތުގައި ތިންހާސް ރުފިޔާ އަދި އޮޑިޓް އެލަވަންސްގެ ގޮތުގައި ދެހާސް ރުފިޔާ ލިބޭނެ އެވެ.

އަދި އޭގެ އިތުރުން ޕްރޮފެޝަނަލް އެލަވަންސްގެ ގޮތުގައި މާސްޓާސް ޑިގްރީ ހާސިލްކޮށްފައިވާނަމަ ދެ ހާސް ރުފިޔާ، ޑިގްރީ ހާސިލްކޮށްފައިވާނަމަ އެއް ހާސް ރުފިޔާ ލިބޭނެ އެވެ.

މަގާމުގެ ޝަރުތަކީ މަސައްކަތުގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލްކޮށްފައިވުމާއެކު އޮޑިޓް އެންޑް އެޝުއަރެންސްގެ ދާއިރާއިން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ މަސައްކަތުގެ ދާއިރާއިން ޑިގްރީ ހާސިލްކޮށްފައިވުމާއެކު އޮޑިޓް އެންޑް އެޝުއަރެންސްގެ ދާއިރާއިން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، އަދި މީގެ އިތުރުން އިންޓަރވިއުގައި މި މަސައްކަތަށް ގާބިލްމީހެއްކަން ސާބިތުކޮށްދިނުމެވެ.

އަދި މާލީ ފައިދާއެއް ލިބޭ މަސައްކަތެއް ކުރަމުންގެންދާނަމަ، ވަޒީފާހަމަޖެހުމަށްފަހު، މިއޮފީހުގެ މުވައްޒަފުން ސުލޫކީގޮތުން ޢަމަލުކުރަންޖެހޭ އުސޫލުގެ ދަށުން ނަގަންޖެހޭ ހުއްދަ ނަގައިގެންމެނުވީ އެމަސައްކަތެއް ނުކުރުމަށް އެއްބަސްވާ ފަރާތެއް ކަމުގައިވުން؛ ދައުލަތުގެ އެއްވެސް ކުންފުންޏެއްގައި އިސްކޮށް ޙަރަކާތްތެރިނުވުން، އަދި އެފަދަ ކުންފުންޏެއްގެ ބޯޑެއްގެ ޑިރެކްޓަރެއް ކަމުގައި ނުވުމުގެ އިތުރުން ސަރުކާރު ހިއްސާވާ އެއްވެސް ކުންފުންޏެއްގެ މެޖޯރިޓީ ޝެއަރހޯލްޑަރެއް ކަމުގައި ނުވުން އަދި މިއޮފީހުގެ އެއްވެސް މުވައްޒަފަކާ ޢާއިލީގޮތުން ގާތްގުޅުމެއް ހުރި މީހަކު ކަމުގައި ނުވުމެވެ.

މަގާމުގެ މައިގަނޑު މަސްއޫލިއްޔަތަކީ

  • މާލީ އިދާރާތަކާއި، ކުންފުނިތަކާއި މީގެ އިތުރުންވެސް ސުޕަވައިޒަރ ހަވާލުކުރާ އޮޑިޓްތައް ޤާނޫނުގައި ބަޔާންކުރާ މުއްދަތުތަކަށް ޝާއިޢު ކުރުމަށްޓަކައި ކުރަންޖެހޭ އޮޑިޓް މަސައްކަތް ރާވައި ހިންގުން.
  • އޮޑިޓްގެ މަސައްކަތް ކުރިއަށްދާ މިންވަރުބަލައި، މަސައްކަތްކުރަމުންދަނީ ޓައިމް ބަޖެޓާ އެއްގޮތަށްތޯ މޭނޭޖަރު ބަލައި އެއްވެސް އުނިއިތުރެއް އަތުވެދާނެކަމަށް ފެންނަނަމަ އެކަން އޮޑިޓް ޑިރެކްޓަރާއި މަޝްވަރާކުރުން. އަދި ކަނޑައަޅާފައިވާ ވަގުތަށް އެއްވެސް އުނިއިތުރެއް ގެންނަނަމަ އެއުނިއިތުރެއް ދުރާލާ ފާސްކުރުން.
  • އޮޑިޓް ރިޕޯޓުގައި ހިމަނާފައިވާ މައްސަލަތަކާއި ގުޅޭގޮތުން އެކަށީގެންވާ ހެއްކާއި ޤަރީނާ ހުރިކަން ޔަޤީންކުރުމާއި، އޮޑިޓްގެ މަސައްކަތު ކަރުދާސްތައް ތައްޔާރުކޮށްފައިވަނީ ރަގަޅަށްތޯ ބެލުން. މީގެ އިތުރުން އޮޑިޓްގެ މަސައްކަތު ކަރުދާހުގައި ހިމަނަންޖެހޭ މައްސަލަތަށް ވަތުގުތުން ވަތުގަށް އޮޑިޓް ކުރެވޭ މުއައްސަސާތަކާއި މަޝްވަރާކުރުން. އަދި އާއްމުގޮތެއްގައި، ހުރިހާ ސެކްޝަންތަކެއްގައިވެސް އޮޑިޓްގެ މަސައްކަތުގައި ދާއިމީ ގޮތެއްގައި ޓީމް މޭޓާއި އައިޑިއަރ އަދި އެހެނިހެން ޕްރޮގްރާމްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ބޭނުން ކުރެވެމުންދޭތޯ ޔަޤީންކުރުން.
  • މުވައްޒަފުންގެ ކުރިއެރުމަށްޓަކައި އެމުވައްޒަފުންނަށް ކޯޗްކޮށްދިނުމާއި ބިނާކުރަނިވި މަޝްވަރާދިނުން. މީގެ އިތުރުން އޮފީހުން އަންގާ ސުންގަޑިތަކަށް މިނިވަންކަމާއި ޢަދުލުވެރިކަމާއި އަދި އެއްމިންގަނޑެއްގައި މުވައްޒަފުންގެ ޕާފޯމެންސް އެޕްރެއިޒަލް ފުރިހަމަކުރިން. އަދި މުވައްޒަފުންނަށް ބޭނުންވާ ތަމްރީނުތަކަކީ ކޮބައިކަން ދެނެގަތުމާއި އެ ތަމްރީނުތައް ދެވޭނެ އިންތިޒާމް ހަމަޖެހެމުން ދޭތޯ ކަށަވަރު ކުރުން.
  • އޮޑިޓް ކުރެވޭ މުއައްސަސާތަކާއި ދުރާލާ މުޢާމަލާތް ކުރުމާއި މުއައްސަސާތަކަށް ގެނެވޭ ބަދަލުތައް (މިސާލަކަށް އޮނިގަނޑު ބަދަލުކުރުން) ދުރާލާ ދެނެގަނެ ބޮޑެތި މައްސަލަތައް ހިމެނޭ ކަންތައްތައް (މިސާލަކަށް އައު ޕްރޮގްރާމްތައް/މަޝްރޫޢުތައް) ދުރާލާ ފާހަގަކޮށް، މި އޮފީހުން ކުރަންޖެހޭ ކަންތައްތަކަށް ރަނގަޅަށް ތައްޔާރުވުމުގެ މަގުތަނަވަސް ކުރުން.
  • އޮޑިޓްގައި ބޮޑަށް ބަލަންޖެހޭ ކަންތައްތައް (އޮޑިޓް ރިސްކް) އާއި ގުޅޭގޮތުން މައުލޫމާތު ހިއްސާކުރުމަށާއި، ދެފަރާތުގެ މަސައްކަތް ތަކުރާރު ނުވާނޭގޮތުގެ މަތިން އޮޑިޓް މަސައްކަތް ރާވައި ހިންގުމަށްޓަކައި އިންޓަރނަލް އޮޑިޓް ޑިޕާޓްމަންޓްތަކާއި ގުޅުން ބަދަހި ކުރުން.
  • އޮޑިޓް ފެއްޓުމުގެ ގޮތުންނާއި ނިންމުމުގެގޮތުން ބާއްވާ ބައްދަލުވުންތަކަށް ހާޛިރުވުމާއި، އާއްމުގޮތެއްގައި މުއްސަސާތަކުގެ ފައިސާއާއިބެހޭ ސެކްޝަންތަކާއި ގުޅުންބަދަހިކުރުން. މިގޮތޮތުން ވަކިން ޚާއްޞަގޮތެއްގައި އަހަރު ހިސާބު ތައްޔާރުކުރުމަށް ލަސްވުމުގެ ސަބަބުން އޮޑިޓްގެ މަސައްކަތަށް ބުރުއަރާ ހާލަތްތަކުގައި އެޑިޕާޓްމަންޓާއި މުޢާމަލާތްކުރުން. އަދި އޮޑިޓުގެ މަސައްކަތް ނިންމުމަށް ބޭނުންވާ ލިޔެކިއުންތައް ހޯދުމަށް އޮޑިޓް ޓީމަށް ދަތިވެ، އެފަދަ ލިޔެކިއުންތައް ލިބުން ލަސްވާ ހާލަތްތަކުގައި އެފަދަ ކަންކަން ހައްލުކުރުމަށް އެކަށީގެންވާ މަސައްކަތް ކުރުން.
  • އޮފީހުގެ ސްޓްރެޓެޖިކް އޮޑިޓް ޕްލޭން (ދުރު ރާސްތާ އޮޑިޓް ޕްލޭން) ތައްޔާރުކުރުމުގައި ބައިވެރިވުމުގެ ގޮތުން، އެކަރުދާހުގައި ހިމަނަންޖެހޭ އޮޑިޓް ކުރަންޖެހޭ ދާއިރާތަކާއި ބޮޑަށް ބަލަންޖެހޭ ކަންތައްތަކާއި އަދި އިސްކަންދޭންޖެހޭ ކަންކަން ހިއްސާކުރުން.
  • އޮފީހުން ކުރިއަށްގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިއެހެން ކަންތައްތައް ކުރުން.

މި މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ފޮނުއްވާނީ މިމަހުގެ 25 ވަނަދުވަހުގެ 12:00 ގެ ކުރިން ހަމައެކަނި އެ އޮފީހުގެ އޮންލައިން ޖޮބް ޕޯޓަލް އިންނެވެ. މި ޕޯޓަލްގެ ލިންކަކީ https://www.audit.gov.mv/vacancies މިއެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އުތުރު ސަރަހައްދީ އޮފީސް ކުޅުދުއްފުށީ ސިޓީގައި ހުޅުވީ މިދިޔަ ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހު އެވެ. އެކަމަށްޓަކާ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ އޮފީސް ހުޅުއްވާދެއްވީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބުދުލް ލަތީފެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355