twitterviber whatsapp telegramfacebookyoutube instagram
9th May 2024

ބަންގްލަދޭޝް ކަޓުވާލާ ފުލުގައި އޮތް ލަންކާ ފައިނަލަށް!

މުޙައްމަދު އަހުމަދު
Nov 16, 2021
1

ސްރީލަންކާގައި މިހާރު ފަށައިގެން ކުރިއަށްދާ މަހިންދަ ރާޖަޕަކްސަ ޓްރޮފީ ފޯ ނޭޝަންސް ކަޕްގައި މިއަދު ބަންގްލަދޭޝް ބަލިކޮށް ސްރީލަންކާއިން މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ހޯދައިފި އެވެ.

މިމެޗާ ހަމައަށް އައިއިރު ލީގުގެ ފުލުގައި އޮތް އަދި ރާއްޖެއާއި އެއްވަރުވެ ސީޝެލްސް އަތުން ބަލިވެފައި އޮތް ހޯސްޓް ސްރީލަންކާއިން އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި މިވަނީ ބަންގްލަދޭޝްގެ މައްޗަށް ކުރިހޯދާ ފައިނަލަށް ދަތުރުކޮށްފަ އެވެ. ބަންގްލަދޭޝްގެ ކުޅުންތެރިން ސިއްސުވާލާ ލަންކާއިން ފެންވަރު ދައްކާލިއިރު ލަންކާއިން މިމެޗު ކުޅުނީ 10 ކުޅުންތެރިންނާއެކުގަ އެވެ.

ލަންކާއިން މިމެޗު ކާމިޔާބުކޮށްފައިވަނީ 2 - 1 ގެ ނަތީޖާއަކުންނެވެ. މިރޭގެ މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީ ވެސް ލަންކާއިންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ 24 ވަނަ މިނެޓްގައި ލަންކާގެ ވަސީމް ރަޒީކް އެވެ.

ބަންގްލަދޭޝްގެ ސުމަން ރެޒާ ބޮލުން ޖެހި ބޯޅަ ގޯލަށް ވަންނަން ދަނިކޮށް ލަންކާގެ ގޯލު ކުރިމަތިން އެޓީމުގެ ޑިފެންޑަރު ޑަކްސަން ޕުސްލަސް އެބޯޅަ އަތުން މަތަކުރުމުން އޭނާއަށް ސީދާ ރަތް ކާޑެއް ރެފްރީ ވަނީ ދައްކައިފަ އެވެ.

މިމެޗުގައި ބަންގްލަދޭޝްއަށް ޕެނަލްޓީއެއް ވެސް ލިބުނެވެ. ރާއްޖެ ކޮޅަށް ލިބުނު ޕެނަލްޓީ ވެސް ކާމިޔާބުކުރި ބަންގްލަދޭޝްގެ ކުޅަދާނަ ޑިފެންޑަރު ޓޮޕޫ ބާމަން މިމެޗުގައި ފޮނުވާލި ޕެނަލްޓީ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

ބަންގްލަދޭޝްއިން ލަނޑެއް ޖަހަން ކުރި މަސައްކަތް ކާމިޔާބުވީ އެޓީމުގެ މުހައްމަދު އިބްރާހިމް ވެއްޓިގެންފައި ހުރަސްވި ބޯޅަ ގޯލުގެ ތެރެއަށް މެޗުގެ 72 ވަނަ މިނެޓުގައި ފޮނުވާލުމުންނެވެ. އެހެންނަމަވެސް 10 ކުޅުންތެރިންނާއެކު ކުޅެމުން އައި ލަންކާއިން އެޓީމު މޮޅުވި ގޯލު ޖެހީ މެޗުން ނިމެން އުޅެނިކޮށް މެޗުގެ 89 ވަނަ މިނެޓްގަ އެވެ.

މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބަންގްލަދޭޝްގެ ކުޅުންތެރިއަކު އަތުގައި ޖެހުމުން ލިބުނު ޕެނަލްޓީއަކުން އެޓީމުގެ ވަސީމް ރަޒީކް އެވެ. މިއީ މިމުބާރާތުގައި އޭނާ ކާމިޔާބުކުރި 6 ވަނަ ގޯލެވެ. މިލަނޑާއެކު އެޓީމުގެ ކުޅުންތެރިން ވަރަށް ބޮޑަށް އުފާފާޅުކުރި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355