twitterviber whatsapp telegramfacebookyoutube instagram
25th April 2024

ނޭކުރެންދޫ ކަނޑޫ ފަލުގައި ހުރެ ރާއީ ހިއްސާކުރީ ތަނުގެ ހާލަތު

ޚަދީޖާ އާދަމް
Nov 21, 2021
1

ހދ ނޭކުރެންދޫގެ ކަނޑޫފާ މަރުވާ މައްސަލައަށް ހައްލެއް ނުލިބި އަހަރެއްހާ ދުވަސް ވޭތުވެފައިވާކަމަށާއި އަދިވެސް މި މައްސަލައަށް ހައްލެއް ނުލިބޭކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެ އެވެ.

ކަނޑޫ ފަލުގައި ހުންނަވައިގެން ވާހަކަ ދައްކަވައި، ޓްވިޓާގައި އާންމުކުރެއްވި ވީޑިއޯއެއްގައި ރާއީ ވިދާޅުވީ ރާއްޖޭގައި އަދި މި ސަރަހަރައްދުގައިވެސް އޮތް އެންމެ ބޮޑު ކަނޑޫފަލަކީ ނޭކުރެންދޫ ކަނޑޫފާ ކަމަށެވެ.

ކަނޑޫފާ މަރުވަމުންދާ މައްސަލަ މަޖިލީހުގެ ސަމާލުކަމަށްވެސް ގެނެސްފައިވާކަމަށާއި އެކަމާ ބެހޭގޮތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ވާހަކަފުޅު ދައްކަވާ، ކަނޑޫފާ މަރުވާ މައްސަލަ މީޑިއާގެ ސަމާލުކަމަށްވެސް އައިކަމަށް ރާއީ ވިދާޅުވިއެވެ.

އަދި މީގެ އިތުރުން ރަށުގެ ކައުންސިލާއި ރައްޔިތުންނާއި ގުޅިގެން އެންވަޔަރަމެންޓް މިނިސްޓްރީއާއި ފިޝަރީޒް މިނިސްޓްރީއާވެސް ބައްދަލުކޮށް ހައްލެއް ގެނެވޭނެ ވާހަކަ ދެކެވުންކަން ރާއީ ފާހަގަ ކުރެއްވި އެވެ.

"އަޅުގަނޑަށް އެގިފައިވާ ގޮތުން ސާމްޕަލް ނަގައިގެން ޓެސްޓްތަކެއްކުރަން ރާއްޖޭން ބޭރަށް ފޮނުވަން، މިކަހަލަ މަޝްވަރާތަކެއް ކުރިއަށް ދިޔަ. އެކަމަކު މިއަދު އަޅުގަނޑު އައިސް ހުއްޓި މި ހުންނަނީ އޭގެފަހުން އަހަރަކަށް ވުރެގިނަ ދުވަސްވެގެން ދިޔައީ، އައިސް ހަމަ މި ކަނޑޫފާ. މިތަނުން އަޅުގަނޑަށް ފެންނަނީ ހިތާމަވެރި މަންޒަރެއް. އަޅުގަނޑުމެންނަށް މި ފެންނަނީ މިތަން ނެތިގެން ދާތަން" ރާއީ ވިދާޅުވި އެވެ.

މިފަދަ އާސާރީ ތަންތަން ހިމާޔަތް ކުރުމަށް އަބަދުވެސް ވާހަކަ ދެކެވެމުންދާކަން ފާހަގަ ކުރައްވާ ރާއީ ވިދާޅުވީ ފެނިގެންދަނީ ނޭކުރެންދޫ ކަނޑޫފާ ނެތިގެން ދާތަން ކަމަށެވެ. އަދި މިތަން ބައްލަވާލައްވަން އެންވަޔަރަމެންޓް މިނިސްޓްރު ޝައުނާއާއި، ރައްޔިތުންގެ މަޖްލީހުގައި އެކަމަށްޓަކައި ހާއްސަ ކުރެވިފައިވާ ކޮމިޓީގެ މުގައްރިރު ހޯރަފުށި ދާއިރާގެ މެންބަރު ސަލީމަށް ވަނީ ރައްޔިތުންގެ ފަރާތުން، ރާއީ ދައުވަތު އަރުވާފައެވެ.

އެރަށުގެ ކަނޑޫފާ މަރުވާ މައްސަލަ ބެލުމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އާއި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީން މިދިޔަ އަހަރު ޖުލައި ވަނީ ދިރާސާއެއްވެސް ހަދާފައެވެ.

ނޭކުރެންދޫ ކަނޑޫފަލަކީ ސަރުކާރުން 2018 ވަނަ އަހަރުގެ ފަހުކޮޅު ހިމާޔަތްކޮށްފައިވާ ތަނެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355