twitterviber whatsapp telegramfacebookyoutube instagram
15th July 2026

ފޭދޫ ބަނދަރު ފުންކުރުމުގެ މަސައްކަތުގެ 98 ޕަސެންޓް ނިންމާލައިފި

ޚަދީޖާ އާދަމް
Nov 21, 2021

ށ. ފޭދޫ ބަނދަރު ހެދުމުގެ މަސައްކަތުގެ ދަށުން ބަނދަރު ފުންކުރުމުގެ މަސައްކަތުގެ 98 ޕަސެންޓް ނިންމައިފި އެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ތެރެއިން 27,500 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރެވޭނެ ކަމަށެވެ. އަދި 378 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 276 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށިވެސް މަޝްރޫއުގެ ތެރެއިން ލެވިގެންދާނެ އެވެ.

މީގެ އިތުރުން 90 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 1,380 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމެންޓް ހެދުމުގެ އިތުރުން، މަގުބައްތި ހަރުކުރުމާއި ނެރުބައްތި ހަރުކުރުން ވެސް ހިމެނެ އެވެ.

މިއީ 33.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355