twitterviber whatsapp telegramfacebookyoutube instagram
20th August 2026

ބިޒްނަސް ވިސާ ހަމަހަށް ދޫކުރަނީ

Nov 21, 2021

ބިޒްނަސް ވިސާ ގަވައިދު އިސްލާހުކޮށް ވިސާ ދޫކުރަމުން ދިޔަ މުއްދަތު ހަމަސް ދުވަހަށް ދޫކުރުމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ނިންމައިފި އެވެ.

އިމިގްރޭޝަނުން ބިޒްނަސް ވިސާ ދޫކުރަނީ ސަރުކާރުން ކަނޑައަޅާފައިވާ ވަކި ގިންތި ތަކެއްގެ ވިޔަފާރިޔެއް ނުވަތަ ވަކި ކަހަލަ މަސައްކަތެއް ރާއްޖޭގައި ކުރަން އަންނަ ބަޔަކަށެވެ.

ބިޒްނަސް ވިސާ މީގެ ކުރިން ދޫކުރަމުން ދިޔައީ ތިން މަހަށެވެ. މުއްދަތު އިތުރުކުރަން ބޭނުންވާ ކޮންމެ ފަހަރަކު އެއް މަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ކުރިން މުއްދަތު އިތުުރުކޮށްދެ އެވެ.

ބިޒްނަސް ވިސާ ގަވައިދު އަލުން އިސްލާހުކުރީ އެއްފަހަރާ ހަމަސް ދުވަހަށް ވުރެ އިތުރު ނުވާހެން ވިސާ ދޫކުރެވޭ ގޮތަށެވެ. މުއްދަތު އިތުރުކުރާނަމަ 30 ދުވަހާއި 90 ދުވަހާ ދެމެދުގެ އަދަދަކަށް މުއްދަތު އިތުރުކުރުމަށް ވެސް ފުރުސަތު ދީފައިވެ އެވެ.

ގަވައިދުގައި މިހާރު އޮތް ގޮތުން ހަމަސް ދުވަހަށް ދޫކުރާ ބިޒްނަސް ވިސާ އަށް ރާއްޖެ ނައިސް ތިން މަސް ވެއްޖެނަމަ އެ ވިސާ ބާތިލްވާނެ އެވެ. ގަވައިދުގައި ކުރިން އޮތީ ބިޒްނަސް ވިސާ ދޫކުރާތާ ހަމަސް ތެރޭގައި ރާއްޖެ ނައިސްފިނަމަ ވިސާ ބާތިލްވާ ގޮތަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355