twitterviber whatsapp telegramfacebookyoutube instagram
1st August 2026

ފްލައި ލަންކަން އޭޝިއާ ރާއްޖެއަށް ދަތުރު ފަށަނީ

ޚަދީޖާ އާދަމް
Nov 22, 2021

ފްލައި ލަންކަން އޭޝިއާގެ ދަތުރުތައް ފަށާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނައިފި އެވެ.

މިއީ ސްރީލަންކާގެ މުޅިން އާ އެއާލައިނެކެވެ. އެގޮތުން ފްލައި ލަންކަން އޭޝިއާގެ ދަތުރުތައް އެންމެ ފުރަތަމަ ފަށަން ހަމަޖެހިފައިވަނީ ދިވެހިރާއްޖެ، އިންޑިއާ، މެލޭޝިއާ، އިންޑޮނޭޝިއާ، މިޔަންމާ އަދި ދުބާއީ އަށެވެ.

އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ފްލައި ލަންކަން އޭޝިއާގެ ދަތުރުތައް ފެށުމަށްފަހު ސައުދީ އަރަބިއްޔާ އަށް ހާއްސަ ދަތުރުތަކެއް ކުރުމަށްވެސް އެ އެއާލައިނުން ދަނީ މަސައްކަތް ކުރަމުންނެވެ.

ދަތުރުތައް ފެށުމަށް ތައްޔާރުވަމުން އަންނަ އިރު އެ އެއާލައިނުން ދަތުރުތަކަށް ބޭނުން ކުރާނީ ބޮއިން 737 މަރުކާގެ 160 އާއި 190 އާއި ދެމެދުގެ އަދަދަކަށް ޕަސެންޖަރުން އުފުލޭ އެއާކްރާފްޓް ތަކެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355