twitterviber whatsapp telegramfacebookyoutube instagram
6th December 2021

ކަރަން ޖޯހަރު ރަންވީރު ސިންގާއި އެއާ އިންޑިއާ މެސްކޮޓާ އަޅާ ކިޔައިފި

މުޙައްމަދު އަހުމަދު
Nov 23, 2021

ފިލްމްމޭކަރ ކަރަން ޖޯހަރު، މަޝްހޫރު ފިލްމްސްޓާރ ރަންވީރު ސިންގް އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލް (އައިއެފްއެފްއައި) ލައިގެން ހުރި އެއްޗެއްސާއި އެއާ އިންޑިއާ މެސްކޮޓާ އަޅާ ކިޔައިފި އެވެ.

އިންސްޓަގްރާމްގައި ކަރަން ޝެއާ ކުރި ވީޑިއޯއެއްގައި ފެންނަގޮތުން ކަރަން ޖޯހަރު ވަނީ ފްލައިޓް ތެރޭގައި ރަންވީރު ސިންގްގެ އައުޓްފިޓާ ބެހޭގޮތުން ސުވާލުތަކެއްކޮށް ކުޑަ އިންޓަވިއުއެއް ވެސް ނަގާފަ އެވެ.

ރަންވީރު ހާމަކުރި ގޮތުގައި އޭނާ ލައިގެން ހުރީ ސަބްޔަސާޗީގެ އައުޓްފިޓެކެވެ. މި އައުޓްފިޓަށް ކޮމެންޓްކުރަމުން ކަރަން ފުރަތަމަ ބުނީ މި ވައްތަރީ މަގުމަތީގައި ޖަހާފައި ހުންނަ ސްޓޮޕް ސައިން އަކާކަމަށާއި އެހެންނަމަވެސް އޭނާ ވަނީ ފަހުން އެ އެއާ އިންޑިއާ މެސްކޮޓް މަހަރާޖާއާ އަޅާކިޔާފަ އެވެ.

2021 ވަނަ އަހަރުގެ އައިއެފްއެފްއައިގައި ވަރުގަދަ ޕާފޯމަންސްތަކެއް ހުށަހަޅައިދީ އޭނާގެ ހުނަރުތައް ދައްކާލާފަ އެވެ. އެހެންނަމަވެސް ކަރަން ޖޯހަރު މިފަހަރުގެ އިވެންޓްގައި ފެނިގެންދިޔައީ ހޯސްޓްގެ ގޮތުގަ އެވެ.

ފިލްމް ފެސްޓިވަލަށް އެކުގައި ދަތުރުކުރުމުގެ އިތުރުން ކަރަން ޖޯހަރާއި ރަންވީރު ސިންގް އަންނަނީ އެމީހުންގެ ކުރިއަށް އޮތް ފިލްމް "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ ފިލްމްގައި ވެސް އެކުގައި މަސައްކަތްކުރަމުންނެވެ.

މި ފިލްމްގައި ރޮކީގެ ރޯލުން ރަންވީރު ފެންނައިރު މިއީ 5 އަހަރުގެ ދުވަހުގެ މެދުކެނޑުމަކަށްފަހު ކަރަން ޑައިރެކްޓްކުރާ ފުރަތަމަ ފިލްމެވެ. މި ފިލްމްގައި ރަންވީރުގެ އިތުރުން ދެން ހިމެނޭ ތަރިންނަކީ އާލިއާ ބަޓް، ޝަބާނާ އަޒްމީ އާއި ހެމާ މާލިނީ އަދި ދަރްމެންދްރާ އެވެ. ދޭތެރެއަކުން އާލިއާއާއި ރަންވީރުގެ ފިލްމް ޝޫޓިންތައް ސޯޝަލް މީޑިއާގައި ވައިރަލްވެ ދައުރުވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355