twitterviber whatsapp telegramfacebookyoutube instagram
2nd May 2025

މަސްގަތުމަށް 2.5 ބިލިއަން ރުފިޔާ ހަރަދުކޮށްފި: މިފްކޯ

Nov 23, 2021

މި ސަރުކާރުގެ 3 އަހަރުގެ ތެރޭގައި މަސްގަތުމަށް 2.5 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް މިފްކޯ އިން ހާމަކޮށްފި އެވެެ.

މިފްކޯއިން ބުނީ މިއަހަރުގެ މިހާތަނަށް މިފްކޯ އިން ވަނީ 45،349.3 މެޓްރިކް ޓަނުގެ މަސް ގަނެފަ އެވެ. އަދި މިއަހަރުގެ އޮކްޓޫބަރުގެ ނިޔަލަށް 37،659 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓް ކޮށްފައިވެ އެވެ. މިއަހަރުގެ ޖެނުއަރީން ފެށިގެން އަހަރުގެ މިހާތަނަށް މަސް ގަތުމަށް 698.5 މިލިއަން ރުފިޔާ މިފްކޯ އިން ހޭދަކޮށްފައިވެ އެވެ.

މިފްކޯ އަށް މިދިޔަ އަހަރު 49،392.5 މެޓްރިކް ޓަނުގެ މަސް ގަނެފައިވާއިރު 33،212 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓްކޮށްފައިވެ އެވެ. މިފްކޯ އިން މިދިޔަ އަހަރު މަސް ގަތުމަށް 879.4 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

މިފްކޯ އިން ގެންދަނީ މ. މުލަކާއި ގދ. ތިނަދޫގައި 100 މެޓްރިކް ޓަނުގެ މަސް ފްރީޒް ކުރެވޭ މަރުކަޒުތައް ވެސް ހަދަމުންނެވެ އެވެ. އަދި މުލަކުގައި 500 މެޓްރިކް ޓަނުގެ މަސް ރައްކާކުރެވޭ ސްޓޯރޭޖަކާއި ތިނަދޫގައި 1000 މެޓްރިކް ޓަނުގެ މަސް ރައްކާ ކުރެވޭ ސްޓޯރޭޖެއް ވެސް ހަދަމުންނެވެ.

މިފްކޯއިން ވަނީ އެ ކުންފުންޏަށް ގަންނަ މަސް އިތުރު ކުރުމަށްޓަކައި 378 ޓަނުގެ މަސް އުފުލޭ ވަރުގެ ބޯޓެއް ވެސް މިދިޔަ މަހު ރާއްޖެ ގެނެސްފަ އެވެ. މިފްކޯ އަށް ގަންނަ މަސް ރާއްޖެއިން ބޭރަށް ގެންދިއުމަށް އަމާޒުކޮށްގެން ވެސް އެކުންފުނިން 2،500 ޓަނުގެ މަސް ރައްކާކުރެވޭ ބޯޓެއް މިދިޔަ ޖުލައި މަހުގެ ތެރޭގައި ރާއްޖެ ގެނެސްފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355