ދިވެހި ޕާސްޕޯޓަށް އޮންލައިންކޮށް ހުށަހެޅުން ކުރިއެކޭ ވެސް އެއްގޮތަށް 24 ގަޑި އިރަށް ބަދަލު ކޮށްފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.
އިމިގްރޭޝަނުން ބުނީ ޕާސްޕޯޓަށް ހުށަހެޅޭނެ ވަގުތު އިތުރުކުރީ އިމުގާ ޕޯޓަލްއަށް ގެންނަން ފެށުނު އަޕްޑޭޓް ނިމުމާ ގުޅިގެން ކަމަށެވެ.
ކުރިއެކޭ އެއްގޮތަށް، މިއަދުން ފެށިގެން 24 ގަޑިއިރު ޕާސްޕޯޓަށް އެދި ހުށަހެޅޭނެ.
— Maldives Immigration (@ImmigrationMV) November 23, 2021
އަޅުގަނޑުމެން މިތިބީ ރައްޔިތުންގެ ޚިދުމަތުގައި. pic.twitter.com/0giiBuLd1n
އެހެންކަމުން މިއަދުން ފެށިގެން، ހަފްތާގެ ހުރިހާ ދުވަހަކު 24 ގަޑި އިރު ޕާސްޕޯޓަށް އެދި ހުށަހެޅޭނެ ކަމަށް އެ އިދާރާއިން ބުންޏެވެ.
އިމިގްރޭޝަނުން އިމުގާ އެޕް މެދުވެރިކޮށް ޕާސްޕޯޓަށް އެދި ހުށަހެޅުމަށް ހުޅުވާލީ މިދިޔަ އަހަރުގެ ޖުލައި 23 ވަނަ ދުވަހުއެވެ.
އެ ތާރީހުން ފެށިގެން، އީމެއިލް މެދުވެރިކޮށް ޕާސްޕޯޓު އެޕްލިކޭޝަން ބަލައިގަތުން ހުއްޓާލަމުން އިމިގްރޭޝަނުން ބުނީ، އިދާރާގެ މަގުސަދަކީ ޒަމާނީ ވަސީލަތްތަކާއެކު ރައްޔިތުންނަށް ލުއިފަސޭހަ ހިދުމަތްތަކެއް ފޯރުކޮށްދިނުން ކަމަށެވެ.
އޮންލައިންކޮށް ޕާސްޕޯޓަށް ހުށަހެޅޭނެ ވަގުތު އިމިގްރޭޝަނުން ވަގުތީގޮތުން ކުރުކުރީ މި މަހުގެ ހަތަރުވަނަ ދުވަހެވެ.