twitterviber whatsapp telegramfacebookyoutube instagram
3rd July 2025

ގެދޮރު އިމާރާތްކުރުމަށް ދޭ ލޯނަށް ފަހި ގޮތްތަކެއް ހޯދައިދޭން ޖެހޭ

Nov 24, 2021

ބޯހިޔާވަހިކަމުގެ ފުރުސަތުތައް ފަހިކޮށްދޭނަމަަ، ގެދޮރު އިމާރާތްކުރުމަށް ދޭ ލޯނަށް ފަހި ގޮތްތަކެއް ހޯދައިދޭން ޖެހޭ ކަމަށް ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހްމަދު އާމިރު ވިދާޅުވެއްޖެ އެވެ.

ބަޖެޓަށް ބަހުސް ކުރައްވަމުން މިއަދުގެ މަޖިލީހުގައި މެންބަރު އާމިރު ވަނީ ގެދޮރު އިމާރާތްކުރުމަށް ދޭ ލޯނުގެ އިންޓްރެސްޓު ކުޑަކުރުމަށް ގޮވާލާފައެވެ.

އޭނާ ވިދާޅުވީ ބޯހިޔާވަހިކަމުގައި ހުރި ކަންބޮޑުވުންތަކުގެ ވާހަކައަކީ އަބަދުވެސް ރައްޔިތުން ދައްކަމުން އަންނަ ވާހަކައެއް ކަމަށާއި މިހާތަނަށް އެއްވެސް ސަރުކާރަކަށް އެކަން ރަނގަޅަށް ކޮށްދެވިފައިނުވާ ކަމަށެވެ.

އާމިރު ވިދާޅުވީ ރާއްޖޭގެ ރަށްރަށުގައި ހުރި ގޯތިތަކުގައި ރައްޔިތުންނަށް ގެދޮރު އިމާރާތް ކުރެވޭނެ ގޮތެއް ފަހިވެފައި ނެތް ކަމަށެވެ.

ގެދޮރު އިމާރާތް ކުރުމަށް ދޭ ލޯނުގެ އިތުރުން އޮޑިދޯނިފަހަރު ބަނުމަށް ދޫކުރާ ލޯނުގެ އިންޓްރެސްޓު ވެސް ކުޑަކުރަން ޖެހޭ ކަމަށް އާމިރު ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355