twitterviber whatsapp telegramfacebookyoutube instagram
25th April 2024

މަހްލޫފްގެ މައްޗަށް ރިޝްވަތުގެ ދައުވާ އުފުލައިފި

ޚަދީޖާ އާދަމް
Nov 24, 2021

ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފްގެ މައްޗަށް ރިޝްވަތު ހިފުމުގެ ދައުވާ ދައުލަތުން އުފުލައިފިއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް މަހްލޫފްގެ މައްޗަށް ދައުވާކޮށްފައިވާ ކަން ޕީޖީ އޮފީހުން ވެސް ވަނީ ޔަގީންކޮށްދީފަ އެވެ.

ހްލޫފްގެ މައްޗަށް ދައުވާކުރީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ (ހ)އާ ހަވާލާދީ އެ މާއްދާގެ (ށ)ގެ ދަށުން ރިޝްވަތު ހިފުމުގެ ދައުވާ އެވެ. މަހުލޫފްގެ މައްޗަށް އުފުލީ އޭނާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރުކަމުގައި ހުންނެވިއިރު، އޮގަސްޓް 27، 2014 ވަނަ ދުވަހު ސްޕެޝަލް އިކޮނޮމިކް ޒޯން ބިލަށް ތާއީދުކޮށް ވޯޓުދިނުމުގެ މުގާބިލުގައި، ރިޝްވަތު ހިފި ކަމަށް ތުހުމަތު ކުރެވޭތީ އެވެ.

މަހުލޫފަށް ރިޝްވަތުގެ ފައިސާ ދިނީ އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބު އަބްދުލްއަފޫރު ކަމަށް ދައުލަތުން ވަނީ ތުހުމަތުކޮށްފައެވެ.

މިނިސްޓަރު މަހްލޫފްގެ މައްޗަށް ދައުވާކުރަން ފޮނުވާފައި މިވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގެ ތެރޭގައި ހިންގާފައިވާ ކޮރަޕްޝަނާއި، ޚިޔާނާތާއި، މަނީ ލޯންޑްރިންގެ މައްސަލަތައް ބެލުމަށް ފުލުހުންނާއި، އެސެޓް ރިކަވަރީ ކޮމިޝަނާއި އަދި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރިއަށް ގެންދިޔަ ޖޮއިންޓް އިންވެސްޓިގޭޝަންގެ ތަހުގީގުގެ ތެރޭގައި، ކުށްކޮށްގެން ހޯދާފައިވާ ފައިސާ މަހްލޫފަށް ލިބިފައިވާ ކަމަށް ފާހަގަކުރެވިފައިވާތީ އެމައްސަލަ ތަހުގީގު ކުރުމަށްފަހު އެވެ.

އޭސީސީން މަހްލޫފްގެ މައްޗަށް ދައުވާކުރަން ޕީޖީ އޮފީހަށް މައްސަލަ ފޮނުވީ މިއަހަރުގެ ޖޫން ނުވަވަނަ ދުވަހު އެވެ. ޕީޖީ އޮފީހުން ކްރިމިނަލް ކޯޓުގައި މަހްލޫފްގެ މައްޗަށް ދައުވާކޮށްފައި މިވަނީ އެ މައްސަލާގައި ދައުވާކުރުން ލަސްވެ އެތައް ބައެެއްގެ ފާޑުކިޔުން ޕީޖީ އަށް އަމާޒުވެފައި ވަނިކޮށެވެ.

އެ މައްސަލަ ޕީޖީ އޮފީހަށް ހުށަހެޅިފައި ވަނިކޮށް މަހުލޫފް ވަނީ މީގެކުރިން ސަސްޕެންޑުވެސްކޮށްފައެވެ. އަދި ހުމަތުތަކަށް މީގެކުރިން މަހުލޫފް ވަނީ އިންކާރުވެސް ކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355