twitterviber whatsapp telegramfacebookyoutube instagram
29th April 2026

ރަށްރަށުގައި ކުޅިވަރު ވަސީލަތްތައް ގާއިމް ކުރުމަށް އޮތް ދައްޗަކީ ބަޖެޓް ނެތުން

Apr 18, 2022

ރަށްރަށުގެ ރައްޔިތުން އެދޭ ގޮތަށް ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތްތައް އޮތް އެންމެ ބޮޑު ދައްޗަކީ އެއްވެސް މަޝްރޫއެއް އެއްފަހަރާ ނިންމާލަން ބޭނުންވާ ފައިސާ ބަޖެޓުގައި ނުޖަހާދޭތީ ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު މަހްލޫފް ވިދާޅުވީ މަޝްރޫއުތައް ހަވާލުކުރާ ކުންފުނިތަކުން ވެސް ނިންމަން ހަވާލުކުރާ ތާރީހުތަކަށް ނުނިންމާ ކަމަށާއި ކުންފުނިތަކާ ބައްދަލުކުރުމުން ނިންމައިދޭނެ ކަމަށް ބުނެ ތާރީހުތައް ދޭ ކަމުގައިވެސް ވިދާޅުވި އެވެ.

މަހްލޫފާ ސުވާލު ކުރެއްވި ހުރިހާ މެންބަރުން ވެސް ވަނީ އެ މެންބަރެއްގެ ދާއިރާގައި ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތްތައް ކުރިއަށް ނުދާ ސަބަބާއި އެ މަސައްކަތްތައް ފަށައި ނިންމާލެވޭނެ ދުވަހެއް ސާފުކޮށްދެއްވުމަށް އެދިވަޑައިގެންފަ އެވެ.

މިނިސްޓަރު ވިދާޅުވީ ޔޫތު މިނިސްޓްރީން ކުރަންޖެހޭ އެއްވެސް ކަމެއް ނުކޮށްގެން އެއްވެސް މަޝްރޫއެއް ހުއްޓިފައި ނުވަތަ ކުރިއަށް ނުގެންދެވިފައި ނޯންނާނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ބަޖެޓު ލިބޭ ގޮތުން މަޝްރޫއުތައް ނިންމަނީ ބަޖެޓުގެ އެހެން ކޯޑުތަކުން ބައެއް މަޝްރޫއުތަކަށް ފައިސާ ބަދަލުކޮށްގެން ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355