twitterviber whatsapp telegramfacebookyoutube instagram
17th July 2026

ކޮވިޑް ވެކްސިންގެ 90 ޕަސެންޓް ފުރިހަމަކުރި ރަށްތަކުގެ އަދަދު 180 އަރައިފި

ޚަދީޖާ އާދަމް
Nov 25, 2021

ކޮވިޑް ވެކްސިން 90 ޕަސެންޓް ފުރިހަމަކުރި ރަށްތަކުގެ އަދަދު 180 އަރާފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ބުނެފި އެވެ.

އެ އޭޖެންސީން ބުނީ މިހާރު ރާއްޖޭގެ 9 ރަށެއްފިޔަވާ އެހެން ހުރިހާ ރަށެއްގައި ވެކްސިން ފުރިހަމަކުރި އަދަދު 90 ޕަސެންޓަށް އަރާފައިވާކަމަށެވެ.

އިއްޔެ ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓުގައި ބެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެޗްޕީއޭގެ އިމިއުނަރައިޒޭޝަން ޕްރޮގްރާމްގެ ސީނިއާ ޕަބްލިކް ހެލްތު ޕްރޮގްރާމް އޮފިސަރ ހައްވާ ގުރައިޝާ ވިދާޅުވީ ރާއްޖޭގައި ކުރިއަށްގެންދާ ވެކްސިން ޕްރޮގްރާމް ކާމިޔާބުކަމަށެވެ.

ރާއްޖެ ހިމެނެނީ ދުނިޔޭގައި ކާމިޔާބުކަމާއެކު ވެކްސިން ފުރިހަމަކުރަމުންދާ މަދު ގައުމުތަކުގެ ތެރޭގައެވެ. މިވަގުތު ދެމުން އަންނަ ބޫސްޓަރ ޝޮޓް މިހާތަނަށް 7203 މީހަކު ޖަހާފައިވާކަމަށް އެޗްއީއޯސީއިން ވިދާޅުވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355