twitterviber whatsapp telegramfacebookyoutube instagram
3rd May 2024

17 ކުއްޖަކު ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފުރިހަމަކޮށްފި

Nov 30, 2021

ދިރާގުން ކުރިއަށް ގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމް 17 ދަރިވަރަކު ފުރިހަމަކޮށްފިއެވެ. މިއީ ޒުވާނުން މަސައްކަތުގެ ވެއްޓަށް އަހުލުވެރިކުރުވައި ފަންނީ ހުނަރު ދަސްކޮށްދިނުމުގެ މަގުސަދުގައި ދިރާގުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

އެހެން އަހަރުތަކާ ހިލާފަށް، މިދިޔަ އަހަރު ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ އޮންލައިންކޮށެވެ. އެގޮތުން އިންޑަކްޝަންއާއި ޓްރެއިނިން ވެސް ކުރިއަށް ގެންގޮސްފައިވަނީ ވާޗުއަލްކޮށް ކަމަށް ދިރާގުން ބުނެއެވެ.

ކްރޮސްރޯޑްގައި ބޭއްވި ރަސްމިއްޔާތެއްގައި އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފުރިހަމަ ކުރި ކުދިންނަށް ސެޓްފިކެޓު ހަވާލުކޮށްދެއްވައިފައިވަނީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

އޮންލައިންކޮށް ތަމްރީނުތައް ކުރިއަށް ގެންދިޔަ ނަމަވެސް މި ބެޗުގެ ބައިވެރިންނަށް ފްރޮންޓްލައިނަށް ނިކުމެ މަސައްކަތް ކުރަން އިތުރު ފުރުސަތުތަކެއް ލިބިގެން ދިޔަ ކަން ދިރާގުން ފާހަގަކުރެއެވެ. އެގޮތުން ބައިވެރިންނަށް އެންމެ ފުރިހަމަ ގޮތުގައި އެހީތެރިވުމުގެ ގޮތުން ކޮންމެ ކުއްޖަކަށް ދިރާގުގެ ފަރާތުން މެންޓޯއެއް ވެސް ހަމަޖައްސައިފައިވެއެވެ.

މި ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ ޒުވާނުން ވަޒީފާގެ މާހައުލަށް ހޭލުންތެރިކުރުވުމެވެ. އެގޮތުން މި ޕްރޮގްރާމް މެދުވެރިކޮށް ބައިވެރިންނަށް ޓްރެއިނިން ލިބި، ވަޒީފާގެ މާހައުލުގައި ތަޖުރިބާ ލިބުމުގެ ފުރުސަތު ލިބިގެންދެއެވެ.

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ހިމެނޭ ރަސްމީ ކޯސްތަކާއި ޓްރެއިނިންތަކުގެ ތެރޭގައި ސޮފްޓް ސްކިލްސް ޑިވެލޮޕްމެންޓް ޓްރެއިނިންގްވެސް ހިމެނެއެވެ. އޭގެ ތެރޭގައި އެތިކްސް، ޓައިމް މެނޭޖްމަންޓް، ކޮމިއުނިކޭޝަންސް ސްކިލްސް، އަދި ވަޒީފާތަކަށް ކުރިމަތިލާން ފަސޭހަވާނޭ ގޮތަށް، ރަނގަޅު ސީވީއެއް ތައްޔާރުކުރުން، އިންޓަވިއު ސްކިލްސް ފަދަ ތަމްރީނިތައް ހިމެނެއެވެ.

އެޕްރެންޓިސްޝިޕްގެ ދަށުން ފުރުސަތު ލިބޭ ދާއިރާތަކުގެ ތެރޭގައި މާކެޓިން، ޕްރޮކިއުމެންޓް އެންޑް ސްޓޯސް، ސޭލްސް، ކަސްޓަމާ ސާވިސަސް، ފައިނޭންސް، ހިއުމަން ރިސޯސަސް އިންފޮމޭޝަން ސިސްޓަމްސްގެ އިތުރުން އިންޖިނިއަރިން ހިމެނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355