twitterviber whatsapp telegramfacebookyoutube instagram
20th August 2026

ރައީސް ޔާމީންގެ މައްސަލައިގެ ހުކުމް މިއަދު

ޚަދީޖާ އާދަމް
Nov 30, 2021

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ކްރިމިނަލް ކޯޓުން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިއްވި ފަސް އަހަރު ދުވަހުގެ ޖަލު ހުކުމުގެ އިސްތިއުނާފު އަޑުއެހުން ސުޕްރީމް ކޯޓުގައި ފަށައިފިއެވެ.

ޔާމީން ފަސް އަހަރަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމްކުރީ ނޮވެމްބަރު 28. 2019 ގައެވެ. ކްރިމިނަލް ކޯޓުގެ ހުކުމަށް ހައިކޯޓުން ތާއީދުކުރީ ޖެނުއަރީ 21، 2021 ގައެވެ. ހައިކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން މައްސަލަ ބަލައިގަތީ އޭޕްރީލް 19، 2021 ގައެވެ.

އެމަނިކުފާނުގެ މައްޗަށް އެ ހުކުމް އިއްވީ ގއ. ވޮޑަމުލާ ކުއްޔަށް ދީގެން ލިބުނު ފައިސާގެ ތެރެއިން އަމިއްލަފުޅު އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކޮށް، އެ ފައިސާ ބޭނުން ކުރައްވައިގެން މަނީ ލޯންޑާކުރުމުގެ ކުށް ސާބިތުވުމާ ގުޅިގެންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355