twitterviber whatsapp telegramfacebookyoutube instagram
26th April 2024

ދިރާގުގެ ފަރާތުން އިޔަރ އެންޑް ބޯނަސް ޕްރޮމޯޝަނެއް!

މުޙައްމަދު އަހުމަދު
Dec 1, 2021

ދިރާގުން އިޔަރ އެނޑް ބޯނަސް ޕްރޮމޯޝަންގެ ނަމުގައި ދިރާގު ހޯމް ފައިބަރ ބްރޯޑްބޭންޑް، ދިރާގު ޓީވީ އަދި މޮބައިލް އޮފަރ ތަކެއް ލޯންޗުކޮށްފި އެވެ.

މިޕްރޮމޯޝަން ލޯންޗުކޮށްފައިވަނީ ދިރާގު މައި އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވެމެއްގައި އެވެ.

މި ޕްރޮމޯޝަނުގެ ދަށުން، ދިރާގު ފައިބަރ ކޭބަލްއެއް އަޅާފައިވާ ބިލްޑިންގ ތަކުގައި ދިރިއުޅުއްވާ ކަސްޓަމަރުންނަށް ދިރާގު ފައިބަރ ބްރޯޑްބޭންޑްގެ ހިދުމަތް މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން ރައުޓަރ އިން 50 ޕަސެންޓް ޑިސްކައުންޓްވެސް ލިބިގެންދާނެ އެވެ.

މީގެ އިތުރުން ދިރާގު ފައިބަރ ކޭބަލެއް ނެތް ބިލްޑިންގ ތަކުގައި ދިރިއުޅުއްވާ ކަސްޓަމަރުންނަށް މި ޕްރޮމޯޝަންގެ ދަށުން 50 ޕަސެންޓް ޑިސްކައުންޓް ކަނެކްޝަން ފީއިން ލިބިގެންދާނެ އެވެ.

ހަމައެއާއެކު ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ގެންގުޅުއްވާ ކަސްޓަމަރުންނަށް 31 ޑިސެމްބަރ 2021 ގެ ކުރިން ދިރާގު ޓީވީގެ ހިދުމަތަށް އެދިލައްވައިގެން މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން ޖޯއިބޮކްސްވެސް (ޑީކޯޑަރ) މުޅިން ހިލޭ ލިބިގެންދާނެ އެވެ.

އަދި މި ޕްރޮމޯޝަންގެ ދަށުން ދިރާގު ޓީވީގެ ގޯލްޑް ޕެކޭޖް ނަންގަވާ ކަސްޓަމަރުންގެ ތެރެއިން ހޮވާލެވޭ ނަސީބުވެރި ފަރާތަކަށް ސެމްސަންގްގެ އެންމެ ފަހުގެ ސްމާޓްފޯން، ޒީ ފޯލްޑް 3 ލިބިގެންދާނެ އެވެ. އަދި ސްޓާރޓަރ ޕެކޭޖުން މަތި ކޮންމެ ޕެކޭޖެއް ނަންގަވާ ފަރާތްތަކުގެ ތެރެއިން ހޮވާލެވޭ ނަސީބުވެރި 10 ފަރާތަކަށް އެ ކަސްޓަމަރުގެ ޕެކޭޖުގެ 6 މަސް ދުވަހުގެ މަހުފީ މުޅިން ހިލޭ ލިބިގެންދާނެ އެވެ.

ދިރާގު މޮބައިލް ކަސްޓަމަރުންނަން ލޯންޗު ކުރި ޕޮރޮމޯޝަންގެ ތެރޭގައި 500 ރުފިޔާއަށްވުރެ މަތީގެ ދިރާގު ޕޯސްޓްޕެއިޑެއް ނުވަތަ އަމިއްލަ ޕޯސްޓްޕެއިޑް ޕްލޭންއަކަށް އެޕްލައިކޮށްލައިގެން 3 މަސްދުވަހަށް ކޮންމެ މަހަކު 3 ޖީބީ ލިބިގެންދާނެ އެވެ. އަދި 500 ރުފިޔާއިން ދަށުގެ ޕްލޭނެއް އެކްޓިވޭޓް ކުރައްވައިގެން 3 މަސްދުވަހަށް ކޮންމެ މަހަކު 1 ޖީބީ ލިބިގެންދާނެ އެވެ.

މިއީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއަކަށް ޑިޖިޓަލް ހިދުމަތް ފޯރުކޮށްދޭ ނެޓްވާރކްއާއި ގުޅާލުމަށް ލިބިގެންދާ ރަނުގެ ފުރުސަތުކެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންނަށް ހެޔޮ އަގެއްގައި ގިނަ ފައިދާތަކެއް ހޯދައިދީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355