twitterviber whatsapp telegramfacebookyoutube instagram
24th April 2024

ކުޅުދުއްފުއްޓާއެކު ހދ ގެ އިތުރު 9 ރަށަކަށް މެޑިކަލް އޮފިސަރުން ހޯދަނީ

މުޙައްމަދު އަހުމަދު
Dec 1, 2021

ކުޅުދުއްފުއްޓާއެކު ހދ ގެ އިތުރު 9 ރަށަކަށް މެޑިކަލް އޮފިސަރުންނާއި ސީނިއާ މެޑިކަލް އޮފިސަރުން ހޯދަން އިއުލާންކޮށްފި އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)ގެ އިތުރުން މިމަގާމަށް ހުޅުވާލާފައިވަނީ ހިރިމަރަދޫ ސިއްހީ މަރުކަޒު، ވައިކަރަދޫ ސިއްހީ މަރުކަޒު، ހަނިމާދޫ ސިއްހީ މަރުކަޒާއި ނޮޅިވަރަންފަރު ސިއްހީ މަރުކަޒު އަދި މަކުނުދޫ ސިއްހީ މަރުކަޒުގެ އިތުރުން ނައިވާދޫ ސިއްހީ މަރުކަޒުގަޔާއި ނޮޅިވަރަމް ސިއްހީ މަރުކަޒު، ނޭކުރެންދޫ ސިއްހީ މަރުކަޒު އަދި ކުމުންދޫ ސިއްހީ މަރުކަޒުގައި އެވެ.

މުޅި ޖުމްލަ 27 މީހުން ހޯދުމަށް އިއުލާންކޮށް މިއިއުލާނު ގެޒެޓްކޮށްފައިވަނީ އިއްޔެގެ ވަގުތެއްގަ އެވެ. ގެޒެޓްގައިވާ ގޮތުން މި އިއުލާނަކީ ބިދޭސީ މުވައްޒަފުންގެ ބަދަލުގައި ދިވެހި މުވައްޒަފުން ހޯދުމަށް ކުރެވިފައިވާ އިއުލާނެކެވެ.

މިމަގާމަށް ނަގާ ފަރާތްތަކުގެ މުސާރައިގެ ގޮތުގައި މަގާމުގެ ރޭންކަށް ބަލާ އެކި އަދަދުތައް ކަނޑައެޅިފައިވާއިރު މަގާމުގެ އަސާސީ ޝަރުތުތައް ވެސް ކަނޑައަޅާފައިވަނީ މަގާމުގެ ރޭންކަށް ބަލާފަ އެވެ.

ސާވިސް އެލަވަންސްގެ ގޮތުގައި މަސައްކަތަށް ނުކުންނަވާ ކޮންމެ ދުވަހަކަށް 275 ރުފިޔާގެ އެލަވަންސެއް ދެވޭނެ އެވެ. މީގެ އިތުރުން ވެސް އެހެނިހެން ގިނަ އެލަވަންސްތަކެއް ހިމެނެ އެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1. ބަލިމީހާއާއި އޭނާގެ އާއިލާއާއި ވާހަކަދައްކާ ޖިސްމާނީ އަދި ނަފްސާނީ ބެލުންތައް ބަލައިގެން ބަލިހާލަތު ދެނެގަތުން.

2. ބަލިހާލަތި ދެނެގަތުމަށް ބޭނުންވާ ތަހުލީލުތައް ކުރުމަށް އެންގުމާއި އެ ތަހުލީލުތަކުގެ ނަތީޖާ ބަލާ ފަރުވާ ކުރިއަށް ގެންދިއުން.

3. ބަލިމީހާއަށް ބޭސް ލިޔެދިނުމާއި ފަރުވާ ކުރުމާއި ކައުންސިލިންގ ދިނުމާއި ބަލިތަކުން ރައްކާތެރިވުމަށް އިރުޝާދު ދިނުމާއި، ބަލި މީހާގެ ހާލަތު ގަވައިދުން މޮނިޓަރ ކުރުން.

4. ފަރުވާއަށް ބޭނުންވާ ޑޮކްޓަރީ ޕްރޮސީޖަރތަކާއި އޮޕަރޭޝަންތައް ކުރުމުގައި އެހީތެރިވެދިނުން.

5. އާއްމު ޞިއްޙަތު ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތަކުގައި އާއްމުން ހޭލުންތެރި ކުރުމަށް ހިންގާ ޕްރޮގަރާމްތައް ރޭވުމާއި ހިންގުމުގައި ބައިވެރިވުން.

6. ރިފަރ ކުރަންޖެހޭ ހާލަތްތަކުގައި ފަރުވާއަށް ބޭނުންވާ ޙާއްސަ ސެންޓަރުތަކާއި ހޮސްޕިޓަލްތަކަށް ބަލިމީހާ ރިފަރކުރުން.

7. މާބަނޑު ދުވަސްވަރާ ވިހެއުމުގެ ތެރޭގައާއި ވިހެއުމުގެ ފަހުން ދިމާވެދާނެ ނުރައްކާތެރި ހާލަތްތައް ދެނެގަނެ، ފަރުވާކޮށް އަދި ރިފަރ ކުރަންޖެހޭ ޙާލަތްތަކުގައި ރިފަރކުރުން.

8. ބަލިމީހާގެ ޞިއްޙީ މައުލޫމާތު ލިޔެ ރެކޯޑްކޮށް މި މައުލޫމާތުގެ މައްޗަށް ބިނާކޮށް ސްޕެޝަލިސްޓް ޑޮކްޓަރުންގެ ލަފާގެ މަތިން މެދުނުކެނޑި ފަރުވާ ކުރިއަށް ގެންދިއުމާއި ޓީމުގެ އެހެން ޞިއްޙީ ހިދުމަތްތެރިންނާ ހިއްސާކުރުން.

9. ޤާނޫނީ އަދި ފަންނީ ވާޖިބު އަދާކުރުމުގެ ގޮތުން ފޯރުކޮށްދޭންޖެހޭ މައުލޫމާތާއި، ވިހާ މަރުވާ މީހުންގެ މައުލޫމާތާއި އަދި ނޯޓިފައި ކުރަންޖެހޭ ބަލިތަކުގެ މައުލޫމާތު ކަމާބެހޭ ދައުލަތުގެ އިދާރާތަކާ ހިއްސާކޮށް ދިރާސާތަކާއި ތަހުގީގުތަކުގައި އެހީތެރިވުން.

10. އިންސާނުންނަށް ކުރިމަތިވާ ޙާއްޞަ ޞިއްޙީ ހާލަތްތަކާއި ބަލިތަކުގެ އަސްލު ދެނެގަތުމާ ބެހޭ ދިރާސާތައްކޮށް އެބަލިތަކުގެ ފަރުވާއާއި ރައްކާތެރިވުމާ ބެހޭ ދިރާސާތައްކޮށް ސައިންޓިފިކް ރިޕޯޓަތަކުގައި ޝާއިރުކުރުން.

11. އެކިއެކި ހާނިއްކަ ލިބިގެން ސިއްހީ ހިދުމަތް ހޯދުމަށް އަންނަ ފަރާތްތަކަށް ފަރުވާ ދިނުމާއި، ތަހުޤީޤީ އިދާރާތަކަށް ބޭނުންވާ މައުލޫމާތު ފޯރުކޮށް ދިނުން.

މިމަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 7 ޑިސެމްބަރު ވަނަ ދުވަހުގެ މެންދުރު 2ގެ ނިޔަލަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355