ޓީޗަސް ރަޖިސްޓްރޭޝަން ބޯޑާއި ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން ބައްދަލުކުރައްވައިފިއެވެ.
ޓީޗަރސް ރަޖިސްޓްރޭޝަން ބޯޑަކީ ތަޢުލީމުގެ ޤާނޫނުގެ 38 ވަނަ މާއްދާގެ ދަށުން މުދައްރިސުން ރަޖިސްޓަރީ ކުރުމާގުޅޭ އެންމެހައި ކަންކަން ކުރުމަށްޓަކައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގައި އުފެއްދުމަށް ގާނޫނުގައި ބަޔާންކޮށްފައިވާ ބޯޑެކެވެ.
Minister of Higher Education Dr. Ibrahim Hassan met with Teacher Registration and Licensing Board. The importance of cooperation between the concerned authorities were discussed to successfully implement teacher regulation and licensing. pic.twitter.com/GyxOl0wBdU
— Ministry of Higher Education (@MoHEmv) December 1, 2021
މި ބޯޑުގައި ހިމެނެނީ 5 ދާއިރާއަކުން 5 މެންބަރުންނެވެ. އެއީ ބޯޑުގެ ރަޖިސްޓްރާރ ހިމެނޭހެން ތައުލީމީ ސިޔާސަތުގެ ދާއިރާއާއި ކިޔަވައިދިނުމުގެ ދާއިރާއާއި ތައުލީމީ މަންހަޖު އެކުލަވާލުމުގެ ދާއިރާގެ އިތުރުން ޗައިލްޑް ސައިކޮލޮޖީ ނުވަތަ އެޑިޔުކޭޝަނަލް ސައިކޮލޮޖީގެ ދާއިރާއިން ހާއްސަ މެންބަރުންނެވެ.
މި ބައްދަލުވުމުގައި މުދައްރިސުންނާއި ގުޅުންހުރި ގަވާއިދުތައް ކާމިޔާބުކަމާއެކު ތަންފީޒުކުރުމާއި ޓީޗަރުންނަށް ލައިސަންސް ދިނުމަށް ކުރާ މަސައްކަތުގައި ކަމާގުޅޭ އިދާރާތަކުގެ މެދުގައި އެއްބާރުލުން ދިނުމުގެ މުހިންމުކަމާ މެދު މަޝްވަރާކުރެވުނުކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.
މި ބޯޑު އެކުލަވާލާފައިވަނީ މިދިޔަ ސެޕްޓެމްބަރުމަހުގެ 9 ވަނަ ދުވަހުއެވެ. މި ބޯޑުގެ ރަޖިސްޓްރާއަކީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިއުކޭޝަން އާޠިޔާ ނަޞީރެވެ.