twitterviber whatsapp telegramfacebookyoutube instagram
21st November 2024

އުދުހުމުގެ ކުރިމަގަކީ މޫދު ވިނައަށް ވެދާނެބާ؟

މުޙައްމަދު އަހުމަދު
Dec 7, 2021

މޫދު ވިނައަކީ މޫދުގައި ބޮޑެތި އެތިގަނޑުގަނޑަށް އުފެދޭ އެއްޗެކެވެ. ހާއްސަކޮށް ކެލްޕަކީ އޭގެ ޒާތުގައި ވަރަށް ބިޔަކޮށް ޖަންގައްޔެއް ގޮތަށް ބޯކޮށް ހެދޭ ބާވަތުގެ ވިނަ އެކެވެ.

އެއްގަމުގައި ބޯ ޖަންގަލިތަކާ އެއްގޮތަށް މޫދުގައި އުފެދޭ ބޯ މޫދު ވިނައަކީ އެތައް ވައްތަރެއްގެ ޖަނަވާރާއި ގަސްގަހާއިގެއްސަށް ކާނާ ފޯރުކޮށްދޭ ގެއެކެވެ. އިނގިރޭސި ބަހުން ބުނާނަމަ މޫދުގައި އުޅޭ ދިރުންތަކުގެ ފުޑާއި ޝެލްޓާ އެވެ.

ސީ ބެޑްގައި ހުންނަ މިއެއްޗެހީގެ ދިިގުމިން 30 މީޓަރަށް އަރާއިރު އެއެއްޗެއްސަށް އޭގެ ސަބަބުން ލޮނުގަނޑުތެރޭ މައްޗަށް އެރެ އެވެ. އަދި ވަރަށް ބޯ ހިޔާގަނޑެއް ގޮތަށް މި ވިނަތައް ލޮނުގަނޑުގެ މަތީގައި ހުރެ އެވެ.

އެހެންނަމަވެސް މިއީ އުދުހުމުގެ ކުރިމަގު ހޯދުމަށް ބަލާނެ ހަމައެކަނި ތަނަށް ނުވިނަމަވެސް މިއީ މި މޫދު ޖަންގަލިތައް އުފެދިފައި ހުންނަ ތަންތަނެވެ. މި ޖަންގަލިތަކަކީ އޭވިއޭޝަން އިންޑަސްޓްރީގެ ކާބަން އެމިޝަންސް މައްސަލައަށް ލިބުން އެކަށީގެންވާ ހައްލަކަށްވުން ގާތެވެ.

އޭވިއޭޝަން އިންޑަސްޓްރީން 2.4 ޕަސެންޓް ގްލޯބަލް ގްރީން ހައުސް ގޭސް އެމިޓްކުރެ އެވެ. މިގަރުނުގެ މެދުތެރެއަށް ދާއިރު ކާބަން އެމިޝަންސް މަދުކޮށް ނެޓް ޒީރޯކޮށްގެން ގްލޯބަލް ވާމިން 1.5 ޑިގްރީއަށް ދަށްކުރުމަށް މުޅި ދުނިޔެ ވެސް ދަނީ އަމާޒު ހިފަމުންނެވެ. އެހެންކަމުން އޭވިއޭޝަން އިންޑަސްޓްރީއަށްވެސް ޖެހޭނީ އެއާކްރާފްޓްތައް ދުއްވުމަށް ފޮސިލް ފިއުލްގެ ބަދަލުގައި އެހެން ގޮތެއް ހޯދާށެވެ.

މިހާރުވެސް ބައެއް ކަހަލަ އިލެކްޓްރިކް އެއާކްރާފްޓާއި ސޯލާ ޕަވާ ބޭނުންކޮށްގެން ދުއްވާ ބޯޓުތައް އަންނަނީ ކޮންމެވެސް ވަރަކަށް އުއްމީދުގެ އަލިމަގެއް ދައްކަމުންނެވެ. އެހެންނަމަވެސް އިންޑަސްޓްރީގެ ފަސިންޖަރުންނާއި ކާގޯ އުފުލާ މައި ބޯޓުތަކަށް މި ބޯޓުވުމަކީ އެހާ ގާތްކަމެއް އަދި އެދެވޭ ކަމެއް ނޫނެވެ.

އޭގެ ބަދަލުގައި ކުރުމުއްދަތަކަށް ކަމުގައިވިޔަސް ބޯޓުތައް ދުއްވަން ޖެހޭނީ ޖައްވަށް ކާބަން ދޫނުކުރާ ޖެޓް ފިއުލްއެއް ބޭނުންކޮށްގެންނެވެ.

އޭގެ އަމިއްލަ ސަރަހައްދުގައި 15 މީޓަރުގެ ފުންމިނެއްގައި ކެލްޕް އިރުގެ އަލި އެބްޒޯބްކޮށްފައި ޕޮޓޯސިންތަސިސް ޕްރޮސެސްގެ ދަށުން ޖައްވުން ކާބަންޑައިއޮކްސައިޑް ދަމާލަ އެވެ. އެންމެ ބިޔަ ކެލްޕްތައް ދުވާލަކު 60 ސެންޓިމީޓަރު (2 ފޫޓް)ގެ ބާރުމިނެއްގައި ބޮޑުވެ އެވެ. އެހެންވުމާއެކު ކެލްޕަކީ ދުނިޔޭގައި އެންމެ އަވަހަށް ހެދޭ މޫދު ވިނައިގެ އެއްބާވަތަށް ވެގެން ދެ އެވެ.

ހަމައެއާއެކު މިމޫދު ވިނަ މިއަށްވުރެ ނިއުޓްރިއެންޓްސް މަތި 80 މީޓަރުގެ ފުންމިނެއް ހުންނަ ސަރަހައްދުތަކުގައި އަދި އެއަށްވުރެ މާ އަވަހަށް ހެދެ އެވެ.

ކެލްޕަށް އެހާ ގިނަ އަދަދެއްގެ ކާބަން ދަމާލެވެނީ އޭތި އުފެދޭލެއް އަވަސްވެގެންނެވެ. ލަފާކުރެވޭ ގޮތުގައި ކޮންމެ އަހަރަކު ވެސް ކެލްޕް ކަހަލަ މޫދި ވިނަތަކަށް 61 އަކާއި 268 މިލިއަން ޓަނާ ދެމެދުގެ އަދަދެއްގެ ކާބަން ޖައްވުން ދަމާލެވޭނެ އެވެ.

މޫދު ވިނަ ހާވެސްޓްކޮށްގެން އޭގެން ބަޔޯ ފިއުލް އުފެއްދުނު ކަމުގައި ވިއަސް އެއެންދުމުން އަދިވެސް ޖައްވަށް ގްރީން ހައުސް ގޭސް ދޫކުރާނެ އެވެ. އެއީ ބަޔޯ ފިއުލް ހެދިފައި ހުންނަނީ އަލްގޭގެ ސަބަބުން ވައިގެ ތެރެއިން އައިސްފައި ހުންނަ ކާބަންގެ ސަބަބުންނެވެ.

ޕެޓްރޮކމިކަލް އިންޑަސްޓްރީގައި ކެލްޕުން އުފައްދާ ބަޔޯ ފިއުލް ބޭނުންކޮށްގެން ފައިދާތަކެއް ލިބުނުކަމުގައިވިއަސް އޭވިއޭޝަން އިންޑަސްޓްރީގައި އުފެދޭ ސުވާލަކީ އެއާކުރާޕްޓަކަށް ބޭނުންވާ އެހާ ހައި ކޮލެޓީގެ ބޭނުންވާ އަދަދަށް ތެޔޮ އުފައްދާނީ ކިހިނެއް ކަމެވެ.

ކެލްޕް ބޭނުންކޮށްގެން ބަޔޯ ފިއުލް އުފެއްދޭނެ ވަރަށް ގިނަ ގޮތްތައް ދެނެގަނެވިފައިވާ ކަމަށް ރިސާރޗްކުރާ ފަރާތްތަކުން ހާމަކޮށްފައިވެ އެވެ.

ބައެއް އެއާކްރާފްޓްތަކުން މިހާރު އަންނަނީ މިއީ އެފެކްޓިވް ގޮތެއްކަން ހާމަކުރަމުންނެވެ. އެގޮތުން 2010 ވަނަ އަހަރު އެއާބަސްއިން ވަނީ އަލްގޭ ބަޔޯ ފިއުލް ބޭނުންކޮށްގެން ބޯޓެއް ދުއްވިދާނެކަން ސާބިތުކޮށްދީފަ އެވެ. އަދި އެމީހުން މިހާރު އަންނަނީ އެ ހައްދާ ބޮޑުކުރާނޭ އިތުރު އާ ގޮތްތައް ހޯދަން މަސައްކަތްކުރަމުންނެވެ.

އަލްގޭ ޓެކް ސެންޓަރާ އެއާބަސް ކޮލަބޮރޭޓްކޮށްގެން އެކި ގޮތްތައް ހޯދަމުން އަންނައިރު މިއަދު ފަށައިފިނަމަ އޭގެތެރެއިން ބައެއް ގޮތްތައް ބޭނުންކޮށްގެން 7 އަހަރުގެ ތެރޭގައި އޭވިއޭޝަން ފިއުލްގެ 40 އާ 50 އިންސައްތައާ ދެމެދުގެ އަދަދެއް ފޯރުކޮށްދެވޭނެކަމަށް އެމީހުން ހާމަކުރެ އެވެ.

މިކަމަކީ ނުވާނެކަމެއް ކަމަކަށް ނުބުނެވޭނެ އެވެ. އެހެންނަމަވެސް މޫދުވިނަ ބޭނުންކޮށްގެން އުދުހުމުގައި ބައިވަރު ކަންތައްތަކެއް އަދި މަސައްކަތްތަކެއް އެބަކުރަންޖެހެ އެވެ. މިއީ ގިނަ އުދަނގޫތަކެއް ކުރިމަތީގައި އޮތް މަގެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355