twitterviber whatsapp telegramfacebookyoutube instagram
5th May 2024

އެފްއޭއެމުން އަންހެނުންގެ އިންވިޓޭޝަން ކަޕެއް ކުޅުދުއްފުށީގައި ބާއްވަނީ

މުޙައްމަދު އަހުމަދު
Dec 2, 2021

އަންހެން ފުޓްބޯޅަ ކުރިއަރުވާ ޕްރޮމޯޓްކުރުމުގެ ތެރެއިން ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނުގައި މުޅި ރާއްޖެ އަށް ހުޅުވާލައިގެން ބާއްވާ އަންހެން ފުޓްބޯޅަ މުބާރާތްތައް ކުރިއަށްގެންދާ ރަށްތަކުގެ ތެރޭގައި ކުޅުދުއްފުށި ސިޓީ ހިމެނިއްޖެ އެވެ.

އެގޮތުން މިމުބާރާތުގެ ފުރަތަމަ ޗެޕްޓާ ކުރިއަށް ގެންދަން ނިންމާފައިވަނީ މިމަހު 25 ން އަންނަ އަހަރުގެ ޖެނުއަރީ 15ގެ ނިޔަލަށެވެ. ހަތަރު ރީޖަނެއްގައި ކުރިއަށްގެންދާ މިމުބާރާތް ކުރިއަށްދާނީ ނައިފަރާއި ކުޅުދުއްފުށީގެ އިތުރުން ފުވައްމުލަކާއި ލާމުގަ އެވެ. އަދި އަންހެން ޗެމްޕިއަނުންގެ ފައިނަލް ރައުންޑް ކުރިއަށްދާނީ މާލޭގަ އެވެ.

މާލޭގައި ފުރަތަމަ ޑިވިޝަނުގެ އަށް ޓީމުގެ މެދުގައި އަންހެން މުބާރާތުގެ ބައެއް ކުޅުމަށްފަހު މި ފަސް ބައިގެ ޗެމްޕިއަނުން މާލޭގައި ފައިނަލް ބުރެއް ކުޅޭނެ އެވެ. އަދި އެއަށްފަހު ރާއްޖޭގެ އަންހެން ޗެމްޕިއަނުން ހޮވާ ގޮތަށް ވަނީ ނިންމައިފަ އެވެ.

އެފްއޭއެމުން އިއްޔެ ގަލޮޅު ދަނޑުގައި ނައިފަރުގައި ބާއްވާ އިންވިޓޭޝަން ކަޕްގެ ގުރުއަތުލުން ކުރިއަށް ގެންދިޔައިރު ނައިފަރުގައި ކުޅެވޭ މުބާރާތުގައި 6 ޓީމަކުން ވާދަކުރެ އެވެ. އެއީ ހިންނަވަރު އެފްސީ، ކުރެންދޫ އެފްސީ، އެޕެކްސް ސްޕޯޓްސް ކްލަބް، ޑޮޓްކޮމް ސްޕޯޓްސް ކްލަބް، އައިޑިއަލް މޫވްމަންޓް އަދި ބަޒޫކާ ސްޕޯޓްސް ކްލަބް އެވެ.

ނައިފަރު ޓާފް ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ މިމުބާރާތުގެ ފުރަތަމަ ބައިގެ ގުރުއަތުލުމަށް ކުރިއަށް ގެންދިޔަ އިވެންޓްގައި އަންހެން ފުޓްބޯޅަ ޑިޕާޓްމަންޓްގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355