twitterviber whatsapp telegramfacebookyoutube instagram
19th April 2024

ދިރާގައި ސްޕާކްހަބް ގުޅިގެން ހާއްސަ ވޯކްޝޮޕެއް

ނަބީލާ އިސްމާޢީލް
Dec 2, 2021

ދިރާގައި ސްޕާކްހަބް ގުޅިގެން ކުދި ވިޔަފާރިތައް ފަށައިގަތުމަށް އެހީތެރިވުމުގެ ގޮތުން ހާއްސަ ވޯކްޝޮޕެއް ބާއްވަން ނިންމައިފިއެވެ.

ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ވޯކްޝޮޕް އޮންނާނީ މި މަހުގެ 17 އިން 19އަށް މާލޭ، ސޯލްޓް ކެފޭގައެވެ.

ދިރާގުން ބުނީ "ލީން ސްޓާޓްއަޕް"ގެ ނަމުގައި ކުރިއަށްގެންދާ މި ވޯކްޝޮޕްގެ މައިގަނޑު މަގްސަދަކީ ކުދި ވިޔަފާރިތައް ފެށުމަށް ބޭނުންވާ ހުނަރުތަކާއި އެކަމަށް ބޭނުންވާ މައުލޫމާތު ވޯކްޝޮޕްގެ ބައިވެރިންނަށް ފޯރުކޮށްދިނުންކަމަށެވެ.

މި ވޯކްޝޮޕުގައި ބައިވެރިންނަށް މައުލޫމާތު ދޭނީ ކަސްޓަމަރުންނާ މުއާމަލާތްކުރާނެ ގޮތްތަކާ ގުޅޭގޮތުން ކުރެވިފައިވާ ފަހުގެ ދިރާސާތަކުގެ އަލީގައެވެ. އަދި އުފެއްދުމެއް ތައްޔާރުކުރާއިރު ސަމާލުކަން ދޭންޖެހޭ މުހިންމު ކަންކަމުގެ މައްޗަށް ބިނާކޮށް ކަމަށް އެކުންފުންނިން ބުނެ އެވެ.

ދިރާގުންވަނީ ރާއްޖޭގައި އީޖާދީ އުފެއްދުންތަކާއި ކާމިޔާބު ވިޔަފާރިތައް ފަށައި ކުރިއަަށް ގެންދިޔުމުގެ ގާބިލްކަން ހުރި ފަރާތްތައް ގިނަކަން ފާހަގަކޮށްފައެވެ. އަދި ލީން ސްޓާޓްއަޕް ވޯކްޝޮޕްގެ ތެރެއިން އުފެއްދުމެއް ތައްޔާރުކުރާއިރު ވިސްނަން ޖެހޭ މުހިންމު ކަންކަން ބައިވެރިންނަށް ކިިޔައިދޭނެކަމަށް އެ ކުންފުނިން ބުންޏެވެ.

ދިރާގާއި ސްޕާކްހަބް ގުޅިގެން އަންނަނީ ކުދި ވިޔަފާރިތަކަށް އެހީވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި ލީން ސްޓާޓްއަޕާއެކު ޒުވާން ވިޔަފާރިވެރިން އުފެއްދުމަކީ އެ ކުންފުނީގެ އަމާޒުކަމަށް ދިރާގުން ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355