ކުޅުދުއްފުށީ ޕޯޓުގެ އަހަރީ ދުވަހާ ގުޅުވައިގެން އެ ކުންފުނިން އަފީފުއްދީން ސްކޫލަށް ފަސް ޓީވީ ހަދިޔާކޮށްފި އެވެ. މި ޓީވީތައް ހަދިޔާކުރުމަށް މިއަދު އަފީފުއްދީން ސްކޫލުގައި ބޭއްވި ހަފުލާގައި މިތަކެތި ހަވާލުކޮށްދެއްވީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑު (އެމްޕީއެލް) ގެ މެނޭޖިން ޑިރެކްޓަރ ޝާހިދު އަލީ އެވެ.
އަފީފުއްދީން ސްކޫލުގެ ފަރާތުން މިތަކެއްޗާ ހަވާލުވެލެއްވީ އެ ސްކޫލްގެ ޕްރިންސިޕަލް ނާސިހާ އިދުރީހެވެ. މި ހަފުލާގައި އެ ސްކޫލުގެ ޕީޓީއޭގެ އިތުރުން އިސް ފަރާތްތަކުންވެސް ބައިވެރިވެލެއްވި އެވެ.
މިއަދު ހަވާލުކުރީ މިތަނުން ތިން ޓީވީ އެކެވެ. އެއީ ކޭޕީއެލުން ހަދިޔާކުރި ޓީވީ އެވެ. ބާކީ ދެ ޓީވީ ހަދިޔާކުރުމަށް ނިންމާފައިވަނީ އެމްޕީއެލްގެ ސީނިއަރ މެނޭޖްމެންޓްގެ ދެ ބޭފުޅެކެވެ. މި ޓީވީތައް ބޭނުންކުރަން ހަމަޖެހިފައިވަނީ އެ ސްކޫލުގެ ފަސް ރޫމެއްގައި އެވެ.
މި ރަސްމިއްޔާތުގައި އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ އާއި ކުންފުނީގެ އިސްވެރިން އަދި ކުޅުދުއްފުށީ ޕޯޓުގެ އިސްވެރިންގެ އިތުރަށް ސްކޫލްގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގަންނަވާފަ އެވެ. ކޭޕީއެލްގެ 16 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ހަރަކާތްތަކެއް ކުރިއަށްގެންދާއިރު ހުކުރު ދުވަހު ވަނީ ކުޑަކުދިންގެ ހަވީރެއް ކުރިއަށްގެންގޮސްފަ އެވެ.