twitterviber whatsapp telegramfacebookyoutube instagram
19th April 2024

މަތީ ތައުލީމުދޭ މަރުކަޒުތައް އަލުން ރަޖިސްޓްރީ ކުރަން އަންގައިފި

މުޙައްމަދު އަހުމަދު
Dec 5, 2021

ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނުގެ ދަށުން ގެޒެޓްކޮށްފައިވާ ދެ ގަވައިދެއްގެ ދަށުން ރާއްޖޭގައި މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތައް ރަޖިސްޓަރީކުރުމާއި ރީ-ރަޖިސްޓަރީ ކުރުމަށް ހުޅުވާލައިފި އެވެ.

މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނުގެ ދަށުން ބާރު ލިބިގެން އެކުލަވާލައި ގެޒެޓްކޮށްފައިވާކަމަށް ބުނެފައިވާ ދެ ގަވައިދަކީ މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތައް ރަޖިސްޓަރީކޮށް ހިންގުމުގެ ގަވާއިދުގެ އިތުރުން ދިވެހިރާއްޖޭގައި ކޮލެޖުތަކާއި އިންސްޓިޓިއުޓްތައް ހިންގުމުގެ ގަވާއިދެވެ.

ހަޔާ އެޑިއުކޭޝަނުން ނެރުނު އިއުލާނުގައިވާ ގޮތުން އެގަވާއިދުތަކުގެ ދަށުން މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތައް ރަޖިސްޓްރީކުރުމަށް ވަނީ ފެށިފަ އެވެ.

އަދި މިހާރު އެމިނިސްޓްރީގައި ރަޖިސްޓްރީކޮށް ހިންގަމުންދާ އިނިސްޓިޓިއުޓްތަކާއި ކޮލެޖްތައް މިގަވާއިދު ގެޒެޓްކުރެވުނު ތާރީހުން ފެށިގެން 6 މަސް ދުވަހުގެ ތެރޭގައި އެތަންތަނުގެ ރަޖިސްޓްރީ އާކުރަން ޖެހޭނެކަމަށް ހަޔާ އެޑިއުކޭޝަނުން ހާމަކުރެ އެވެ.

ރީރަޖިސްޓްރީކުރުމަށްއިތުރު ފީއެއް ވެސް ނުނަގާނެ ކަމަށް އެމިނިސްޓްރީން ބުނެ އެވެ. އަދި މިމުއްދަތުގެ ތެރޭގައި ރަޖިސްޓްރީ އާ ނުކުރާ ތަންތަން އެގަވާއިދުތަކުގައިވާ ގޮތުގެ މަތިން "ކޮލެޖްތަކާއި އިންސްޓިޓިއުޓްތަކުގެ ދަފްތަރުން އުނިކުރެވޭނެ އެވެ.

އަދި މީގެފަހުން މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތައް ރަޖިސްޓަރީކޮށް ހިންގުމާ ގުޅޭ އެންމެހާ ކަންކަމުގައި އެ މިނިސްޓްރީއަށް ފޮނުވަންޖެހޭ ލިޔެކިޔުންތައް ފޮނުވާނީ [email protected] އީމެއިލް އެޑްރެހަށް ކަމަށް ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ހާމަކުރެ އެވެ.

ރީރަޖިސްޓްރީ ކުރަން ބޭނުންވާ ފޯމު އެމިނިސްޓްރީގެ ވެބްސައިޓުން ލިބޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355