twitterviber whatsapp telegramfacebookyoutube instagram
20th April 2024

އުތުރުގެ ކަނޑޫފާތައް މަރުވާ މައްސަލަ ދިރާސާކުރުމަށް އިންޑިއާގެ ވަފުދެއް އަތުވެއްޖެ

މުޙައްމަދު އަހުމަދު
Dec 6, 2021

ދިވެހިރާއްޖޭގެ އުތުރުގެ ގިނަ ރަށްރަށުގެ ކަނޑޫފާތައް މަރުވެ ހަލާކުވެފައިވާ މައްސަލާއާ ގުޅޭގޮތުން ދިރާސާކޮށް ހައްލެއް ހޯދަން އިންޑިއާގެ ކޮޗިން ޔުނިވަރސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީ (ސީޔޫއެސްއޭޓީ)ގެ ވަފުދެއް ރާއްޖެ އަތުވެއްޖެ އެވެ.

މަރުވަމުންދާ ކަނޑޫފާތަކުގެ ތެރޭގައި ހިމާޔަތް ކޮށްފައިވާ ހދ. ނޭކުރެންދޫގެ ކަނޑޫފަލާއި ހއ. ކެލާގެ ކަނޑޫފަލާއި ރާއްޖޭގެ ހަމައެކަނި "ފޮރެސްޓް" ކަމަށްވާ ކޭލަކުނުގެ ކަނޑޫފާ ވެސް ހިމެނޭއިރު މި މަހުގެ 10 ވަނަ ދުވަހާ ހަމައަށް ހަތަރު މެންބަރުންގެ މި ޓީމުން އުތުރުގައި މެންގްރޫވް ޑައި-އޮފް ފީލްޑް އިންވެސްޓިގޭޝަންއަށް ކުރާނެ އެވެ.

އުތުރުގެ އަށް ރަށް ކަމަށްވާ ކެލާ، ކުޅުދުއްފުށި، ކޭލަކުނު، ވައިކަރަދޫ، ނޭކުރެންދޫ، ގޮއިދޫ، ފޭދޫ އަދި ކެނދިކޮޅުދޫގައި މި ދިރާސާތައް ކުރަން ހަމަޖެހިފައިވަނީ އެންވާރަމެންޓް މިނިސްޓްރީ އާއި އީޕީއޭއާ ގުޅިގެންނެވެ.

ހައި ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ޓީމުން ކަނޑޫފާތަކަށް ޒިޔާރަތްކޮށް ސާވޭތައް ހަދައި ސާމްޕަލް އެއްކުރުމުގެ މަސައްކަތް ފަށާނީ މިއަދު ކަމަށެވެ.

މި ތަހުގީގު މަގުސަދަކީ ކަނޑޫފާތައް ހަލާކުވެ، ހަލާކުވެފައިވާ އަދި ނިކަމެތިވެފައިވާ ކަނޑޫތައް، ދުޅަހެޔޮ އަދި އުފެއްދުންތެރި ޗަކަބިންތަކަށް އަލުން އަނބުރާ އިއާދަކުރުމެވެ.

ރަށްރަށުން ސާމްޕަލްތައް ނެގުމަށްފަހު އީޕީއޭއާއެކު ސީޔޫއެސްއޭޓީން މޯލްޑިވްސް ފުޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ ނެޝަނަލް ލެބްގައި ފީލްޑް (ފަންގަލް ސްޕީޝީޒް އައިސޮލޭޝަން އަދި ޑީއެންއޭ ނެގުން ފަދަ) އެއްކުރެވޭ ސާމްޕަލްތަކުގެ އަސާސީ ތަހުލީލުތައް ކުރާން ނިންމާފައިވާއިރު މި ޓީމު އިންޑިއާއަށް ފުރާނީ ރިފައިންޑް ސާމްޕަލްތައް ހިފައިގެންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355