twitterviber whatsapp telegramfacebookyoutube instagram
18th April 2024

މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް އަތޮޅު ކައުންސިލުން ކޮންމެ ރަށަކަށް ދިހަހާސް

ނަބީލާ އިސްމާޢީލް
Dec 7, 2021
3

ހދ. އަތޮޅު ކައުންސިލުން އިސްނަގައި އަތޮޅުގެ ހުރިހާ ރަށެއްގައި މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ހަރަކާތް ހިންގުމަށް ފައިސާގެ އެހީދޭން ނިންމައިފި އެވެ.

އެގޮތުން މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް އަތޮޅުގެ ކޮންމެ ރަށަކަށް ދިހާހާސް ރުފިޔާ ދިނުމަށް އަތޮޅު ކައުންސިލުން ވަނީ ނިންމާފަ އެވެ.

ކޭއޯއާ ވާހަކަދައްކަވަމުން އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަމީން މުހައްމަދު ވިދާޅުވީ، ކޮންމެ ރަށަކަށް ދިހާހާސް ރުފިޔާގެ ބަޖެޓެއް ދިނުމަށް ނިންމީ އެ ކައުންސިލްގެ 23 ވަނަ ޖަލްސާގައި އެވެ.

މި ގޮތަށް މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ނިންމީ ހަނިމާދޫ ރައީސް ހުށަހެޅި ހުށަހެޅުމަށް ތާއީދު ލިބި، ފާސްވުމުންނެވެ.

އޭނާ ވިދާޅުވީ މަސްވެރިންގެ ދުވަސް ފާހަގަކުރަން ބޭނުންވާ ރަށްތަކުގެ ކައުންސިލުން މިމަހުގެ 09 ވަނަ ދުވަހުގެ މެންދުރު 12:00ގެ ކުރިން އެރަށެގައި ކުރިއަށްގެންދަން ބޭނުންވާ ހަރަކާތެއްގެ ޕްރޮޕޯސަލް ހުށައަޅަން ޖެހޭނެ ކަމަށެވެ. ފައިސާ ދޫކުރެވޭނީ އެ މުއްދަތުގެ ތެރޭގައި ޕްރޮޕޯސަލް ހުށަހަޅައި ކައުންސިލްތަކަށެވެ.

ޕްރޮޕޯސަލްގައި ހުށަހަޅާއިރު ހަރާކާތްތަކުގެ މަގުސަދާއި ހިންގަން ރާވާފައިވާ ހަރަކާތުގެ އިތުރުން ލަފާކުރާ ބަޖެޓްވެސް ހިމަނަށް ވާނެކަމަށް އަތޮޅު ކައުންސިލުން މައުލޫމާތުދެ އެވެ. ކަނޑައަޅަން ވާނެއެވެ.

އޭނާ ވިދާޅުވީ މިއަތޮޅަކީ މަސްވެރިކަމާއި ދަނޑުވެރިކަމުން ނަފާ ހޯދައިގެން އަންނަ އަތޮޅަކަށްވާއިރު އަތޮޅުގައި މަސްވެރިކަމުގެ ހަރަކާތްތައް ވަރަށް ފަނޑުވެފައިވާތީ މަސްވެރިކަމަށްދޭ ސަމާލުކަން އިތުރުކުރުމަށްޓަކާ މި އަހަރުގެ މަސްވެރިންގެ ދުވަސް ފަހާގަ ކުރާގޮތަށް އަތޮޅު ކައުންސިލުގެ ވޯކްޕްލޭންގައި ހިމަނާފައިވާނެ ކަމަށެވެ.

ނަމަވެސް މިވަގުތު ކަންތައް ދިމާކުރި ގޮތުން ބޮޑު ހަރަކާތެއް ގޮތުގައި ހިންގަން ވަގުތު ތަން ނުދޭތީ ރަށު ފެންވަރުގައި ކަންކަން ކުރުމަށް ކައުންސިލުން ނިންމީ ކަމަށް އޭނާ ވިދާޅުވި އެވެ.

މަސްވެރިންގެ ދުވަހަކީ ޑިސެމްބަރު 10 ވަނަ ދުވަހެވެ. ހދ އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށް އޮންނައިރު ހުރިހާ ރަށެއްގައި މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ޖުމްލަ 130،000 ރުފިޔާ ހަރަދުވާނެ އެވެ.

އަތޮޅު ކައުންސިލްގެ މި ނިންމުމާއެކު އަތޮޅުގެ ގިނަ ރަށްތަކެއްގައި އެ ދުވަސް ފާހަގަކުރުމުގެ ގޮތުން މަސްރޭސް ބާއްވަން އަންނަނީ އިއުލާނުކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355