twitterviber whatsapp telegramfacebookyoutube instagram
18th October 2024

ކޮރަޕްޝަނުގެ މައްސަލައެއްގައި ކަމަށް ބުނެ އޭސީސީން އުމަރުގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

މުޙައްމަދު އަހުމަދު
Dec 8, 2021

ކުށްވެރިންގެ މޮނިޓާ ކުރުމުގެ މަސައްކަތް ހަވާލު ކުރުމުގައި ކޮރަޕްޝަން ހިންގި ކަމަށް ބުނެ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޕީޖީއަށް މައްސަލަ ފޮނުވައިފި އެވެ.

ކުށްވެރިންގެ ފައިގައި އިލެކްޓްރޯނިކް ޓެގް އަޅުވައި އެ މީހުން މޮނިޓާ ކުރުމުގެ މަސައްކަތް އެންމެ ފުރަތަމަ ކުރަން ފަށާފައިވަނީ ހޯމް މިނިސްޓަރު ކަމުގައި އުމަރު ނަސީރު ހުންނެވި ދުވަސްވަރުގަ އެވެ. އެއީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގަ އެވެ.

ސްޓެލްވާޓް މޯލްޑިވްސް ކިޔާ ކުންފުންޏަކާ ހަވާލުކޮށްގެން އެމަސައްކަތް ކުރިއަށް ގެންދިޔައިރު އޭސީސީން ޕީޖީ އޮފީހުގައި އެދިފައިވަނީ އޭނާގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާކޮށްދިނުމަށެވެ. އެއީ ޓެގް މެދުވެރިކޮށް ކުށްވެރިން ބެލެހެއްޓުމުގެ މަސައްކަތް ހަވާލު ކުރީ އުމަރާ ގާތް ގުޅުމެއް އޮންނަ ބަޔަކަށް ކަމަށް ބުނެ އެވެ.

އޭސީސީއިން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައިވަނީ ސްޓެލްވާޓްގެ ހިއްސާދާރުންގެ ތެރޭގައި ހިމެނޭ ހަތަރު މީހުންނަކީ ވެސް އުމަރާ ގާތް ގުޅުމެއް އޮންނަ މީހުން ކަމަށާއި އޭގެތެރެއިން ދެ މީހުންނަކީ އުމަރުގެ ވިޔަފާރި ޕާޓްނަރުން ކަމަށްވާތީ ކަމަށެވެ.

އެއީ ދައުލަތުގެ މާލިއްޔަތު ގަވައިދުގައި ބުނާ ފަދަ ކްލޯޒް އެސޯސިއޭޓުން ކަމަށް ބުނެފައިވުމުން ސްޓެލްވާޓް ކުންފުނި ވާނީ އުމަރާ މަސްލަހަތު ފުށޫ އަރާ ކުންފުންޏަކަށް ކަމަށް އޭސީސީން ބުނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355