އަންނަ އަހަރުގެ ބަންދު ދުވަސްތަކުގެ ގޮތުގައި އިތުރު ދުވަސްތަކެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ކަނޑައަޅުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބުނީ އަންނަ އަހަރު، ސަރުކާރު ބަންދު ދުވަސްތަކުގެ ތެރެއަށް ރައީސް ހަތަރު ދުވަސް އިތުރު ކުރައްވާފައިވާ ކަމުގައެވެ.
އެ ދުވަސްތައް ބަންދު ކުރަނީ އީދު ބަންދުތަކާއި މިނިވަން ދުވަހާ ގުޅިގެންނެވެ. މި ދުވަސްތަކުގެ އިތުރުން އާއްމު ބަންދު ދުވަސްތައް ވެސް ބަންދު ވާނެއެވެ.