ހއ. އަތޮޅު ކައުންސިލުން ކުރިއަށްއޮތް 5 އަހަރަށް ތައްޔާރުކޮށްފައިވާ އަތޮޅު ތަރައްޤީގެ ޕްލޭންގައި "ޓްރާންޝިޕްމަންޓް ބަނދަރު ހެދުމުގެ ތަސައްވުރު" ހިމަނައި އަތޮޅު ކައުންސިލުން ޕްލޭން ފާސްކޮށްފި އެވެ.
އެ އަތޮޅު ކައުންސިލުން ކުރިއަށްއޮތް 5 އަހަރަށް ތައްޔާރުކޮށްފައިވާ އަތޮޅު ތަރައްގީގެ ޕްލޭންގައި ދެމެހެއްޓެނިވި ގޮތެއްގައި އަތޮޅުގެ އިގްތިސޯދު ކުރިއަށްދާނީ އަތޮޅުގައި ޓްރާންޝިޕްމަންޓް ބަނދަރެއް ގާއިމު ކުރެވިގެން ކަމުގައި އަތޮޅު ކައުންސިލުން ކުރިއަށްއޮތް ފަސްއަހަރަށް ތައްޔާރުކޮށްފައިވާ ތަރައްގީގެ ޕްލޭންގައި ކަނޑައަޅައިފިއެވެ.
އަތޮޅު ކައުންސިލުން ބުނީ އެ ގޮތުން އެއަތޮޅު އުފެދިފައި އޮންނަގޮތުން ވަރަށް މުހިންމު ސަރަހައްދެއްގައި އޮންނަ އަތޮޅަކަށްވެފައި އެ އަތޮޅުގެ އިހަވަންދިއްޕޮޅަކީ، ދުނިޔޭގެ އިރުމަތިން ފެށިގެން ހުޅަނގަށް ބޯޓުފަހަރު ދަތުރު ކުރުމުގައި މައިގަނޑު ރޫޓެއް ކަމަށްވާއިރު މިއީ މި ޕޯޓު ހަދަން އެންމެ ރަނގަޅު ސަރަހައްދު ކަމަށާއި މީގެ ސަބަބުން މި ސަރަހައްދުގެ އެހެން ބައިނަލްއަގުވާމީ ޕޯޓުތަކާއި ރާއްޖެއަށް ވާދަ ކުރެވޭނެ ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ބުނެފައިވާ ކަމުގަ އެވެ.
ކައުންސިލުން އިތުރަށް ބުނީ މި މަޝްރޫއުގެ ކާމިޔާބުވެއްޖެނަމަ ރާއްޖޭގެ އިގްތިސާދަށްވެސް ފައިދާ ކުރާނެކަމަށާއި މި ޕޯޓާއެކު ރާއްޖޭގެ އުތުރުގައި އިގްތިސާދީ ވަރުގަދަ ވިޔަފާރި ހަބެއް ގާއިމް ކުރެވޭނެ ކަމަށެވެ. މިއާއެކު އެހެން ސިނާއަތްތަކަށް ފުރުސަތު ހުޅުވާލެވި ދިވެހިންނަށް އިތުރު ވަޒީފާގެ ފުރުސަތުތައް ހުޅުވާލެވޭނެ ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ބުނެފައިވާ ކަމަށެވެ.
މިގެ އިތުރުން އެކައުންސިލުން ބުނެފައިވަނީ، ގުދުރަތީގޮތުން އިހަވަންދިއްޕޮޅު އުފެދިފައިވަނީ އެއްފަޅެއްގައި ގިނަ ރައްތަކެއް ހިމެނޭގޮތަށްކަމަށާއި، އެއައަތޮޅު ހުވަންހަންދޫން ފެށިގެން އިންނަފިނޮޅާ ހަމައަށް އޮތް ބޮޑުފަޅަކީ މިފަދަ ޕްރޮޖެކްޓެއް ހިންގުމަށް އެންމެ އެކަށިގެންވާ ތަނެއްކަން ކަމާބެހޭ މާހިރުން ވިދާޅުވެފައި ވާކަމަށެވެ.
އަދި ރާއްޖެ އޮތް ސަރަހައްދުގެ ގޮތުން ވިޔަފާރީގެ ދާއިރާ އިން ނެގެން އޮތް ފައިދާއެއް ނެގުން މުހިއްމު ކަމަށާއި ވިޔަފާރި އާއި އިގުތިސޯދު ދަންނަ ބޭފުޅުންވެސް މިކަމަށް ބާރުއަޅުއްވާ އެކި މުނާސަބަތުތަކުގައި ވާހަކަ ދައްކާފަވާކަމަށެވެ.