twitterviber whatsapp telegramfacebookyoutube instagram
5th April 2026

އެވިޑް ކޮލެޖުގައި ފަރަންސޭސި ބަސް ކިޔަވައިދޭން ފަށަނީ

ނަބީލާ އިސްމާޢީލް
Dec 9, 2021
1

އެވިޑް ކޮލެޖުގައި ފަރަންސޭސި ބަހުގެ ކުރު ކޯސްތަކެއް ހިންގުމަށް، ރާއްޖޭގައި ހުންނަ ފަރަންސޭސިވިލާތުގެ އެލަޔަންސް ފްރަންސައިޒްއާ އެކު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި ފަހުނާމާގެ ދަށުން ކުރިއަށް އޮތް ތަނުގައި އެ ކޮލެޖުގެ ފެކަލްޓީީ އޮފް އާރޓްސް އެންޑް ލިޓްރޭޗާގައި ފަރަންސޭސި ބަސް ކުރުމުއްދަތުގެ ކޯސްތަކުގެ ގޮތުގައްޔާއި އެކި ފެންވަރުގެ ސަނަދުތަކަށް ބިނާކޮށްގެން ކިޔަވައިދޭން ފެށޭނެ ކަމަށް އެ ކޮލެޖުން ބުނެއެވެ.

އެވިޑް ކޮލެޖުގެ ޑައިމަންޓް ކެމްޕަހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި އެވިޑް ކޮލެޖުގެ ފަރާތުން ސޮއިކުރެއްވީ އެ ކޮލެޖުގެ ރެކްޓަރު ޑރ. ނުނީނާ ރަޝީދެވެ. ފްރާންސް އެލަޔަންސްގެ ފަރާތުން ސޮއިކުރެއްވީ އެތަނުގެ ޑައިރެކްޓަރު ޑިމިތްރީއެވެ

ފަރަންސޭސި ބަހުގެ ކޯސްތަކުގެ އިތުރުން، މި ފަހުނާމާގެ ދަށުން ދެ ގައުމުގެ ސަގާފީ ކަންކަމާއި އިލްމީ ކަންކަން ހިއްސާކުރުމަށް ބައެއް މައިދާނީ ދަތުރުތައް ވެސް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެވިޑްކޮލެޖަކީ ރާއްޖޭގައި ހިންގާ އަމިއްލަ ކޮލެޖުތަކުގެ ތެރެއިން ފެންވަރު ރަނގަޅު ކޯސްތައް އެކި ދާއިރާތަކުން ހިންގާ ނަންމަޝްހޫރު އެއް ކޮލެޖެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355