twitterviber whatsapp telegramfacebookyoutube instagram
29th September 2023

ހަފުތާއެއް ތެރޭގައި ހަނިމާދޫން 40 މީހުންނަށް ކޮވިޑް ޖެހިއްޖެ

ނަބީލާ އިސްމާޢީލް
Dec 12, 2021
1

ހދ. ހަނިމާދޫއިން މި މަހު ފަސްވަނަ ދުވަހު ރޯގާގެ އަލާމާތްތައް ހުރެގެން އެ ރަށު ސިއްހީ މަރުކަޒަށް ދެއްކި މީހަކު މި މަހު 6 ވަނަ ދުވަހު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، އެ ކޭހާ ގުޅިގެން ކޮންޓެކްޓް ޓްރޭޝިންގެ ގޮތުގައި ފާހަގަވި 40 މީހަކު މިހާތަނަށް އެ ބައްޔަށް ޕޮޒިޓިވްވެއްޖެ އެވެ.

ހަނިމާދޫ ސިއްހީ މަރުކަޒުން ކޭއޯއަށް މައުލޫމާތު ދެއްވަމުން ބުނީ މިމަހު 5 ވަނަ ދުވަހު ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ އެ ރަށު ކެފޭއެއްގައި މަސައްކަތް ކުރާ އަންހެން ކުއްޖެއް ކަމަށެވެ. އެއާއެކު އެ ކެފޭއިން އޭނާގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި އެ ކެފޭގައި މަސައްކަތް ކުރާ އިތުރު 3 މީހަކު ވަނީ ޕޮޒިޓިވްވެފައި ކަމަށެވެ.

އެޔާއެކު ހަނިމާދޫގައި ކުރިއަށްދާ އާދަމް ސަލީމް ކަޕް 2021 ވަނީ މެދު ކަނޑާލާފައެވެ. ސަބަބަކަށްވީ އެ މުބާރާތުގެ ކުޅުންތެރިޔަކު ޕޮޒިޓިވް ވުމާގުޅިގެންނެވެ. އެ ކުޅުންތެރިން ހިމެނޭހެން ނެގި ސާމްޕަލް ތަކުގެ ތެރެއިންވެސް ވަނީ ޕޮޒިޓިވް ވެފައެވެ.

ހަފުތާއެއްގެ ތެރޭގައި 40 މީހުން ޕޮޒިޓިވްވެ، ހަލުވިކަމާއި އެކު އެރަށުގައި ބަލި ފެތުރޭތީ ހެލްތް ސެންޓަރުން އިލްތިމާސްކުރަނީ ބަލި ކޮންޓްރޯލް ކުރުމަށް ކޮވިޑް ޓާސްކްފޯސްއަށް އެއްބާރުލުން ދީގެން ކޮވިޑުން ރައްކާތެރިވުމަށްދޭ އިރުޝާދުތަކަށް ފުރިހަމައަށް އަމަލުކުރުމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355