twitterviber whatsapp telegramfacebookyoutube instagram
24th April 2024

މުސްތޮގެ މިފަހަރުގެ ކުރެހުމަށްވެސް ބޮޑު މަގުބޫލުކަމެއް

ނަބީލާ އިސްމާޢީލް
Dec 14, 2021

"ބޮޑު ފެން މީޓަރު އެންމެންގެ ކަރުހިއްކުން ފިލުވާލަދޭ ވަރަށާއި މުޅި މީހާ ތެމޭވަރަށް އެބަހުރި، އެކަމަކު އެއަށްވުރެ އަމިއްލަ އެދުން ގަދައެވެ." ކުލަ ފިހި ބުންޏެވެ.

ކުލަ ފިއްސޭ ބުނީމަ ނޭގޭ މީހަކު މިހާރު ވަރަށް މަދުވާނެ އެވެ. މިއީ ކުޅުދުއްފުށީ ލައިޓްހައުސް، މުސްތަފާ މުހައްމަދު 23އ،(މުސްތޮ/ކުލަފިހި)ގެ ވާހަކަ އެވެ.

އެކަށީގެންވާ ސާފު ބޯފެނާއި ސާފުތާހިރުކަން ލިބުމަކީ އިންސާނީ އަސާސީ ހައްގެކެވެ. ޔުނިސެފްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގަ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 1.42 ބިލިއަނަށް ވުރެ ގިނަ މީހުން ދިރިއުޅެމުންދަނީ އެކަށީގެންވާ ގޮތެއްގައި ފެން ނުލިބި ވަރަށް ދަތި ހާލެއްގަ އެވެ.

ނަމަވެސް މި ނާއިންސާފުގެ ވާހަކައަކީ މާބޮޑަށް މީހުން ދައްކާވާހަކައެއް ނޫނެވެ. އެ ބައެއްގެ ކަރު ހިއްކުން ފިލުމުން އެބަޔަކަށް އެ ނިމުނީ ކަހަލަ އެވެ. އަނެކާގެ މަތިން ހަނދާނެއް ނުހުރެއެވެ. މިއީ ގުދުރަތީ ގޮތުން ލިބޭ އެއްޗަކަށްވެފައި އެންމެންނަށް ލިބެންޖެހޭ އެންމެ އަސާސީ އެއްޗެކެވެ.

މުސްތޮ ބުނީ އެއްޗެހި އެންމެނަށް ހަމަހަމަކޮށް ލިބޭނަމަ ވަރަށް ގިނަކަންކަން ރަނގަޅުވާނެ ކަމަށެވެ.

އަބަދުވެސް ވަރަށް މާނަފުން ކުރެހުންތަކެއް އާންމުކުރަމުން އަންނަ ހުނަރުވެރި ކުރެހުންތެރިޔާ މުސްތޮގެ މިފަހަރު މި އަހަރުގެ ކުރެހުންތެރިންގެ މައުރަޒު، "އަންވެއިލިން ވިޝަންސް އެގްޒިބިޝަން" ގައި އެންމެގެ މަގުބޫލުކަން ދަމައިގަތީވެސް އެކަހަލަ މާނަފުން ފެންމީޓަރުގެ މާނަފުން ކުރެހުމަކުންނެވެ.

އެ ކުރެހުމުން ފެންނަނީ ހަނަފަސް ބިމެކެވެ. އެ ބިމުގައި ހުރީ ދެ ފެން މީޓަރެވެ. ދެ ފެން މީޓަރުގެ މެދުގައި "ލައިފް" ފެން ފުޅިއެއް ތާށިކޮށްފައި ހުއްޓެވެ. އެއް ފެން މީޓަރު ނަންބަރު ޖަހާފައި ހުރީ އެކޮޅުކޮޅުންނެވެ. ބޯޑުގައި، ފެން މީޓަރުގެ ނަންބަރު އަސްލު ޖަހާފައި ހުރީ އެކޮޅުކޮޅުންނެވެ. އެކަމަކު އެއް ފެން މީޓަރުގައި އަނެއްކޮޅުން ބެލިޔަސް ސާފު ނަންބަރުތަކެއް ފެނެއެވެ. ދެ މީޓަރުގެ ތެރެއިން އެކަތީ ހުރީ ދަބަރަށްވެ ވިރިފައެވެ. ދެން ހުރި މީޓަރުގެ ވެސް ދެ ހޮޅި ގުޅިފައި ވަނީ ބިމާއެވެ.


މުސްތޮ ބުނީ ސްކޫލުގަ އުޅުން އިރުންފެށިގެންވެސް ކުރެހުމަށް ޝައުގުވެރިކަން ހުންނަ ކަމަށެވެ. އެހެން ކުދިންނާއި ހިލާފަށް އޭނާ ސްކޫލު ނިމުނު ހިސާބުން ކުރެހުން ދޫކޮށެއްނުލަ އެވެ. "2017 ވަނަ އަހަރުން ފެށިގެން ބޮޑަށް ކުރެހުމުގެ ތެރެއަށް ވަދެވުނީ" މުސްތޮ ބުންޏެވެ.

ދައުރު މީޑިއާގައި ގުރެފިކް ޑިޒައިނަރެއްގެ ވަޒީފާ އަދާކުރަމުން އާކިޓެކްޗާގެ ދާއިރާއިން ކިޔަވަމުން ވަރަށް ބިޒީކޮށް އުޅެމުންވެސް މުސްތޮ ކުރަހަނީ މި ދާއިރާއަށް އޮންނަ ޝައުގެއްގެ ބޮޑުކަމުންނެވެ. މުސްތޮ ބުނީ ކުރަހަން އަސްލު ވަގުތު އެއްގޮތަކަށްވެސް ނުލިބޭ ކަމަށެވެ. ނަމަވެސް ކުރާހިތްވާލެއް ބޮޑުކަމުން ކޮންމެވެސް ގޮތަކުން ވަގުތުކޮޅެއް ހޯދާލައިގެން ކުރަހަނީ ކަމަށެވެ.

"އަސްލު ކުރަހަން ބޮޑަށް ކަމުދަނީ ވިސްނާލަށް ޖެހޭކަހަލަ، އާޓަށް ޝައުގުވެރިކަން ހުންނާނެ ފަދަ މާނަ ފުން މަންޒަރުތަށް ކުރަހަން، މިހެން ހުންނަ މައްސަލަތަކަށް ވަރަށް ބޮޑަށް ވިސްނޭ. ދެން ބޭނުންވަނީ ކުރެހުމުން އަސްލު މައްސަލަ ދައްކުވައިދޭން. މިކުރެހުމުން ވެސް އަސްލު ވަރަށް ބޮޑު މައްސަލައެއް ފެނިގެންދާނެ. އެއީ އަޅުގަނޑުގެ ނަޒަރުގައި ވަރަށް ބޮޑު މައްސަލައެއް ހަމަ. ފެނަކީ ގުދުރަތީ ގޮތުން ލިބޭ އެއްޗެއް.

މުސްތޮ ބުނީ އާންމުކޮށް ކުރަހާ ރީތި މަންޒަރުތައް އެ ވަގުތަކަށް މީހުންނަށް ވަރަށްރީތިވި ނަމަވެސް އެ ކުރެހުންތަކަކީ މާ ގިނަ ދުވަހު މީހުން ހަނދާން ހުންނާނެ މަންޒަރުތަކެއް ނޫންކަމަށެވެ. ނަމަވެސް މިކަހަލަ މައްސަލަތަކަށް ކުރަހާ ތަސްވީރުތަކަކީ މީހުންގެ ހިތުގައި ބިންވަޅު ނެގިގެންދާނެ މަންޒަރުތަކެއް ކަމަށެވެ.

ކުރެހުންތަކުގެ ޒަރިއްޔާއިންވެސް މުސްތޮ ދައްކަނީ އާންމުކޮންވެސް އެހެން މީހުންވެސް ދައްކާ ވާހަކަތަކެއް ކަމަށާއި ނަމަވެސް ކުރެހުމުގެ ކުރިން ވަރަށް ވިސްނާ ކަމަށެވެ. އެ ގޮތުން ކުރެހުމުގެ ކުރިން އެ ތަސްވީރުގައި ގެންނަން ބޭނުންވާ ރަހަތަށް ނޯޓުކުރާކަމަށެވެ. ނަމަވެސް ފުރަތަމަ ވިސްނޭގޮތް ރަނގަޅު ނުވެވެސް ހުންނަ ކަމަށެވެ، އެގޮތުން އިންޕްރޫވްކުރަނީ ކަމަށެވެ. އެ ގޮތުން ބަޔެއް ކުރެހުންތަކަށް ވަރަށް ގިނަ ދުވަސްވެސް ހޭދަވާކަމަށް އޭނާ ބުންޏެވެ.

މި ދާއިރާއިން ކުރިއަށްދާ މުސްތޮއަށް އަބަދުވެސް މައިންބަފައިގެން އެހީތެރިކަމާއި އެއްބާރުލުން ލިބޭކަން ފާހަގަކުރަމުން އޭނާ ބުނީ ބައެއް ރައްޓެހިންގެ ފަރާތުންވެސް ވަރަށް އެހީތެރިންކަން ލިބޭކަމަށެވެ. ދާއިރާއިން އެހީވާ ކުރިއަށްވުރެއް މިނިސްޓްރީ ތަކުންވެސް ރަނގަޅުކަމަށެވެ.

މުސްތޮ ބުނީ މި ދާއިރާއަކީ ކުރިއަށްދާ ވަރަށް ސްޓްރޯގު ވަރަށް ރަނގަޅު ދާއިރާއެއް ކަމަށެވެ. ނަމަވެސް ގިނަކުދިންނަށް ކުރިއަށްދާންވީ ކޮޅު ނޭގެނީ ކަމަށެވެ. މި ދާއިރާއިން ވަޒީފާއެއް ހޯދުމަށް ތަންކޮޅެއް އުނދަގޫވީނަމަވެސް ރިޒޯޓުތަކުގައި ވަޒީފާތަށް ހުންނަ ކަމަށެވެ.

މުސްތޮބުނީ މިއީ ރާއްޖޭގައި މިހާރު މުސްތަގުބަލު ވަރަށް އަލިކޮށްފެންނަ ދާއިރާއެއް ކަމަށެވެ. މި ދާއިރާ އަކީ ވަކި މީހަކަށް ބަރޯސާ ނުވެ، ވަކި މީހެއްގެ ދަށަށްދާ ވަޒީފާތަކުން މީހުން ސަލާމަތްވެ އަމިއްލައަށް ކުރެވޭނެ މަސައްކަތެއް ކަމަށެވެ. ވަރަށް ބޮޑުކުރިމަގެއް އޮތް ދާއިރާއެކެވެ. މިދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކުން ނޭންގޭ އެއްޗެށް ދާއިރާގެ މީހުންކައިރީ އަހާ އޮޅުންފިލުވައިގެންވެސް ކުރިމަގު ހޯދައިގެންކުރިއަށްދާ މުސްތޮވަނީ ނަސޭހަތްތެރި ވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355