twitterviber whatsapp telegramfacebookyoutube instagram
9th November 2025

އަންނަ އަހަރު އިގްތިސޯދު އެންމެ ބާރަށް ކުރިއަރާނެ ގައުމެއްގެ ގޮތުގައި ރާއްޖެ

Dec 13, 2021

އޭޝިއާގެ ގައުމުތަކުގެ ތެރެއިން އަންނަ އަހަރު އެންމެ ބާރަށް ކުރިއަރައިގެންދާނެ ގައުމަކަށް ދިވެހިރާއްޖެ ވާނެ ކަމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ލަފާކޮށްފި އެވެ.

އެގޮތުން އަންނަ އަހަރު ރާއްޖޭގެ އިގްތިސާދު 13.21 ޕަސަންޓަށް ކުރިއަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ގައުމުތަކުގެ އިގްތިސާދީ ކުރިއެރުންތަކާ ގުޅޭގޮތުން އައިއެމްއެފް އިން އެކުލަވާލާފައިވާ ތަފާސްހިސާބު ހިމެނޭ ރިޕޯޓުގައި ބުނެފައިވަނީ އަންނަ އަހަރު އޭޝިއާ ސަރަހައްދުން އެންމެ ބާރަށް ކުރިއަރާ ދެ ގައުމުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށެވެ.

ސަރަހައްދީ އެހެން ގައުމުތައްކަމަށް ބަލާއިރު އިންޑިއާ އޮތީ 4 ވަނާގައެވެ. އެގޮތުން އެ ގައުމުގެ އިގްތިސާދު 8.52 ޕަސަންޓަށް ކުރިއަރާނެ ކަމަށް ލަފާކޮށްފައިވާއިރު ހަތްވަނައިގައި އޮތް ބަންގްލަދޭޝްގެ އިގްތިސާދީ ކުރިއެރުން 6.54 ޕަސަންޓްގައި ކުރިއަރާނެ ކަމަށްވެސް ލަފާކޮށްފައިވެ އެވެ.

އައިއެމްއެފްގެ ލިސްޓުގެ އެއްވަނައިގައި އޮތީ ޗައިނާގެ ބައެއްގެ ގޮތުގައި ހިންގުމުގެ މިނިވަންކަމެއް ދީފައިވާ މަކާއޯ އެވެ. އެތަނުގެ އިގްތިސާދީ ކުރިއެރުން އަންނަ އަހަރު 37.6 ޕަސަންޓްގައި ހުންނާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355