twitterviber whatsapp telegramfacebookyoutube instagram
15th April 2026

މޯލްޑިވްސް މެރިން އެކްސްޕޯ ފަށައިފި

ނަބީލާ އިސްމާޢީލް
Dec 14, 2021

މޯލްޑިވްސް މެރިން އެކްސްޕޯ 2021 ރަސްމީކޮށް ފަށައިފިއެވެ. ހުޅުމާލޭ ސެންޓްރަލް ޕާކުގައި އިއްޔެ މެންދުރު މި އެކްސްޕޯ ރަސްމީކޮށް ހުޅުވައިދެއްވީ މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ހުސައިން ރަޝީދު ހަސަންއެވެ.

މި އެކްސްޕޯއަކީ ނެޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެން.ބީ.އޭ.އެމް) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ އެކްސްޕޯއެކެވެ.

މި އެކްސްޕޯއަކީ ދެމެހެއްޓެނިވި ގޮތެއްގައި މެރިން އިންޑަސްޓްރީ ކުރިއަރުވައި، މި ސިނާއަތުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދުމުގެ ގޮތުން އޮޑިދޯނިފަހަރުގެ ވެރިންނާ، މެރިން ސާވިސްދޭ ފަރާތްތައް އެއްތަން ކުރުމަށް ބާއްވާ އެކްސްޕޯއެކެވެ.

ރައީސް މި އެކްސްޕޯ އަށް ޒިޔާރަތްކުރެއްވުމުން އެމަނިކުފާނަށް މަރުހަބާ ދަންނަވާފައިވަނީ އެން.ބީ.އޭ.އެމްގެ ރައީސް އަހުމަދު އަފްރާހުއެވެ. މި ޒިޔާރަތްކުރެއްވުމުގައި އެމަނިކުފާނު ވަނީ އެކްސްޕޯގެ ސްޓޯލްތައް ބައްލަވާލައްވާފައެވެ. އަދި އެކްސްޕޯގައި ދައްކާލާފައިވާ ބައެއް ތަކެތީގެ މަޢުލޫމާތުވެސް އެމަނިކުފާނު ވަނީ އައްސަވާފައެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ އެވެއަނެސް ކެމްޕެއިންކަމަށްވާ "ލައިފް ޖެކެޓް ވެއަރ އިޓް" މި އެކްސްޕޯގައި އިފްތިތާހުކޮށްދެއްވާފައެވެ.

މިއަހަރުގެ މޯލްޑިވްސް މެރިން އެކްސްޕޯ ކުރިއަށްދާނީ ޑިސެމްބަރު 13، 14 އަދި 15 ވަނަ ދުވަހު ހުޅުމާލޭގެ ސެންޓްރަލް ޕާކުގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355