twitterviber whatsapp telegramfacebookyoutube instagram
20th August 2026

ބަންގްލަދޭޝްއިން ރާއްޖެއަށް 200 މިލިއަން ޑޮލަރުގެ ލޯނެއް

ޚަދީޖާ އާދަމް
Dec 15, 2021

ރާއްޖޭން ބަންގްލަދޭޝްއިން 200 މިލިއަން ޑޮލަރުގެ ލޯނެއް ނަގަން ނިންމާފައިފި އެވެ.

ރާއްޖޭން ލޯނެއް ދޭން އެދިފައިވާކަން ހާމަކޮށްފައިވަނީ ބަންގްލަދޭޝްގެ ގަވަރުނަރު ފަޒްލީ ކަބީރު އެވެ. މި ލޯނުގެ މަޝްވަރާތަށް ރާއްޖޭން ކޮށްފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބަންގްލަދޭޝަން އަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގަ އެވެ.

ބަންގްލަދޭޝްގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާގޮތުގައި ރާއްޖެއަށް 200 މިލިއަން ޑޮލަރު ދިނުމުގެ ގޮތުން، ދިވެހި ސަރުކާރުގެ އިސް އޮފިޝަލުންނާއި އެ ގައުމުގެ މަރުކަޒީ ބޭންކް، ބަންގްލަދޭޝަން ބޭންކް (ބީބީ)ގެ ހައިލެވަލްގެ އިސްވެރިން ވަނީ ބައްދަލުކޮށް މަޝްވަރާކޮށްފަ އެވެ.

ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން ފޮރިން ކަރަންސީ އެންމެ ތިޔާގި އެއް ގައުމަކީ ބަންގްލަދޭޝް އެވެ. އެ ގައުމުން ދާދިފަހުން ވަނީ ސްރީލަންކާއަށް ވެސް 250 މިލިއަން ޑޮލަރުގެ ކަރަންސީ ސުވޮޕްއެއް ހަދާފަ އެވެ.

އަދި ރާއްޖޭން 200 މިލިއަން ޑޮލަރު ނަގައިފިނަމަ ވާނީ އެ ގައުމުން މިހާތަނަށް ދޭ އެންމެ ބޮޑު ލޯނަށެވެ. މި ލޯނުގެ އިންޓްރެސްޓް ރޭޓާއި ލޯނު ދައްކަން ލިބޭ މުއްދަތެއް އެގައުމުގެ މަރުކަޒީ ބޭންކުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355