twitterviber whatsapp telegramfacebookyoutube instagram
18th September 2026

ހަނިމާދޫގެ އެކްޓިވް ކޭސްތަކުގެ އަދަދު 50 އަށް އަރައިފި

ނަބީލާ އިސްމާޢީލް
Dec 15, 2021
1

ކޮވިޑް-19 ފެތުރެމުން އަންނަ ހދ. ހަނިމާދޫއިން އިއްޔެ ނެގުނު 41 ސާމްޕަލްގެ ތެރެއިން އިތުރު 3 މިހުން ޕޮޒިޓިވްވެ އެ ރަށުގެ އެކްޓިވް ކޭހުގެ އަދަދު 50 އަށް އަރައިފި އެވެ.

ކޭއޯއަށް މައުލޫމާތު ދެމުން ހަނިމާދޫ ހެލްތް ސެންޓަރުން ބުނީ މި ދެދުވަހު ވެސް ޕޮޒިޓިވްވީ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވެފައިވާ ފަރާތްތަކުގެ ސާމްޕަލް ކަމަށާއި އަދި މިހާތަނަށް ރެންޑަމް ސާމްޕަލެއް ޕޮޒިޓިވްވެފައި ނުވާކަމަށެވެ.

އެ ސެންޓަރުން ބުނީ 13،12 އަދި 14 ވަނަ ދުވަހު ގިނަ ފަރާތްތަކުން ރެންޑަމް ސާމްޕަލް ދީފައިވާ ކަމަށެވެ.

އެޗްޕީއޭއިން ވަނީ މިމަހުގެ 12 ވަނަ ދުވަހު ހަނިމާދޫ މޮނީޓަރިންއަށް ލާފައެވެ. ހަނިމާދޫން މިފަހަރު ކޮވިޑް-19ގެ ކޭހެއް ފެނިފައި ވަނީ މިމަހުގެ 6 ވަނަ ދުވަހުއެވެ. އެންމެ ފުރަތަމަ ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ އެ ރަށު ކެފޭއެއްގައި މަސައްކަތް ކުރާ އަންހެން ކުއްޖެއް ކެވެ.

ހަލުވިކަމާއި އެކު އެރަށުގައި ބަލި ފެތުރޭތީ ހެލްތް ސެންޓަރުން އިލްތިމާސްކުރަނީ ބަލި ކޮންޓްރޯލް ކުރުމަށް ކޮވިޑް ޓާސްކްފޯސްއަށް އެއްބާރުލުން ދީގެން ކޮވިޑުން ރައްކާތެރިވުމަށްދޭ އިރުޝާދުތަކަށް ފުރިހަމައަށް އަމަލުކުރުމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293