twitterviber whatsapp telegramfacebookyoutube instagram
26th April 2024

ކުޅުދުއްފުށީގައި ކައްކާ ގޭހުގެ ހިދުމަތް ދެމުންގެންދާ ސޭމް ފިހާރައިން ކުރެޑިޓަށް ގޭސް ވިއްކުންް ހުއްޓާލައިފި

May 27, 2011

އިބްރާހިމް ހަމީދު

ކުޅުދުއްފުށީގައި  ކައްކަގޭހުގެ ހިދުމަތް އެންމެ ފުޅާދާއިރާގައި ދެމުން ގެންދާ ސޭމު ފިހާރައިން ކްރެޑިޓަށް ގޭސް ވިއްކުން ހުއްޓާލައިފިއެވެ.

އެފިހާރައިން ލިޔެ އާއްމުކޮށްފައިވާ އިއުލާނެއްގައި ކުޅުދުއްފުށީގައި ސޭމްފިހާރަ އިން ކުޅުދުއްފުށީގެ ރައްޔިތުންނަށް ކައްކާ ގޭސް ފޯރުކޮށް ދެމުންދާތާ ތޭރަ އަހަރު ވެއްޖެކަމަށާއި އެހިދުމަތް ފޯރުކޮށްދެމުން ގެންދަނީ ކުރެވޭ ވިޔަފާރި އަށްވުރެ ބޮޑަށް ރައްޔިތުންނަށް ދެވޭ ހިދުމަތެއްގޮތުގައިކަމަށެވެ. އަދި ކަސްޓަމަރުންނަށް ގޭސް ފުޅިއަށް ފައިސާ އަދާ ކުރުމުގައިވެސް މިހާތަނަށް ވަނީ ވަރަށް ލުއި ގޮތްތަކެއް ހަމަޖައްސައި ދެއްވާފައި ކަމަށާއި ކްރެޑިޓަށް އެއްފުޅިއަށް ވުރެގިނަ ފުޅި ސޭމު ފިހާރައިން ގޭހުގެ ހިދުމަތް ހޯދާ ކަސްޓަމަރުންނަށް ގެންދެވޭގޮތަށް މީގެކުރިން ހަމަޖައްސައި ދެއްވާފައިވާނެކަމަށް އެލިޔުމުގައި އެލިޔުމުގައި ވެއެވެ.

އެގޮތަށް އެއްފުޅިއަށް ވުރެ ގިނައިން ދޫކުރާ ގޮތަށް ހަމަޖެހިފައި އޮތުމުގެ ސަބަބުން  ކަސްޓަމަރުންނަށް ގެންދެވުނު ގޭސްފުޅިއަށް ފައިސާ އަދާކުރުމުގައި ކަސްޓަމަރުންނަށް އޮޅުން އަރާ އެކި ކަހަލަ މައްސަލަތައް ދިމާވަމުންދާތީ އާއި ފައިސާ އަދާ ކުރުމުގައި ދިމާވާ މައްސަލަތައް ހައްލުކުރުމަށާއި ކަސްޓަމަރުން އޮޅުންނާރާ ގޮތަށް އެހިދުމަތް ދިނުމުގެ މަގުސަދުގައި ޖޫންމަހުގެ އެއްވަނަ ދުވަހުން ފެށިގެން ސޭމް ފިހާރައިން ކަސްޓަމަރުން ގެންދަވާ ގޭސްފުޅިތަކަށް ގޭގެއަށް ޑެލިވަރީ ކުރާގަޑީ ގޭސްފުޅިއަށް ދޭންވާ ފައިސާ ބަލައިގަންނަގޮތަށް ހަމަޖެއްސުމަށްފަހު ކުރެޑިޓަށް ގޭސް ވިއްކުން ހުއްޓާލީ ކަމަށް އެސިޓީގައި ބުނެފައިވެއެވެ.

މިގޮތަށް ހަމަޖެހުމުން  ގޭސްފުޅިއަށް އޯޑަރު ކުރައްވާއިރު ގޭސްފުޅިއަށް ދޭންޖެހެ ފައިސާ ހަމަކުރެއްވުމަށްފަހު އޯޑަރު ކުރެއްވުމަށް ހާއްސަ ސަމާލުކަމެއްދިނުމަށް ކަސްޓަމަރުންގެ ކިބައިން އެދޭކަމަށް ސޭމް ކުންފުނިން އެލިޔުމުގައި ބުނެފައިވެއެވެ.

ކުޅުދުއްފުށީ  ރައްޔިތުންނަށް ސޭމްފިހާރައިން 24 ގަޑިއިރު ކައްކާ ގޭހުގެ ހިދުމަތް ދަނީ ފޯރުކޮށްދެމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355