twitterviber whatsapp telegramfacebookyoutube instagram
20th August 2026

ލޭ ބޭނުންވާ މީހުންނަށް "ތިކި" ނަމުގައި ހާއްސަ އެޕެއް

ޚަދީޖާ އާދަމް
Dec 18, 2021

ލޭ ބޭނުންވާ މީހުންނަށް ހާއްސަކޮށްގެން "ތިކި" ނަމުގައި ހާއްސަ އެޕްލިކޭޝަނެއް ތައާރަފްކޮށްފި އެެވެ.

މި އެޕްލިކޭޝަން ހެދުމުގެ ބޭނުމަކީ ލޭ ހަދިޔާކުރާ މީހުންނާއި ލޭ ބޭނުންވާ މީހުންގެ އިތުރުން ސިއްހީ ހިދުމަތްދޭ ތަންތަން އެއް ޕްލެޓްފޯމަކަށް ގެނައުމެވެ.

ލ. އަތޮޅަށް ނިސްބަތްވާ ޒުވާނުންތަކެއް އިސްނަގައިގެން ހަދާފައިވާ އެޕްލިކޭޝަން އިފްތިތާހު ކޮށްދެއްވީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސައިން އިސްމާއީލް އެވެ. ތިން ފިޔަވައްސަކަށް ބަހާލައިގެން ތަރައްގީކުރުމަށް ހަމަޖެހިފައިވާ މި އެޕްލިކޭޝަން މިވަގުތު ބޭނުންކުރަން ނިންމާފައިވަނީ ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދުގައިވާ ރަށްތަކުގަ އެވެ.

އެޕްލިކޭޝަން އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހުސައިން ވިދާޅުވީ ލޭ ހޯދާ ފަރާތްތަކާއި ލޭ ބޭނުންވާ ފަރާތްތަކަށް ފަސޭހަ ގޮތްތަކެއް ޒުވާނުންތަކެއް އިސްވެ ތިބެ ހަމަޖައްސައިދިނުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

މި އެޕްލިކޭޝަންގައިވާ ފޯމެއް ފުރައިގެން ލޭ ހަދިޔާކުރާ މީހެއްގެ ގޮތުގައި މި އެޕްލިކޭޝަންގައި ރަޖިސްޓްރީ ވެވޭނެ އެެވެ. އަދި ލޭ ހަދިޔާކުރާ ދުވަހުން ފެށިގެން އެމީހާގެ ނަން 90 ދުވަހަށް އެޕްލިކޭޝަނުން ނުފެންނަ ގޮތް ހަދާނެ އެވެ. އެއީ ލޭ ދޭ މީހަކު ލޭ ހަދިޔާކުރުމަށްފަހު ތިން މަސް ދުވަހު މަޑުކުރުމަށް ސިއްހީ ދާއިރާގެ ބޭފުޅުން ލަފާ ދެއްވާތީ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355