twitterviber whatsapp telegramfacebookyoutube instagram
5th April 2026

އަހަރު ނިމޭއިރު ބެޑްނައިޓްސް 11 މިލިއަނަށް އިތުރު ވާނެކަމަށް ލަފާކޮށްފި

ޚަދީޖާ އާދަމް
Dec 18, 2021

މިހާރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިއަހަރު ނިމޭއިރު ބެޑްނައިޓްސް 11 މިލިއަނަށްވުރެ އިތުރުވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ލަފާކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 15ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށްވަނީ 1.2 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރާއި އަޅާ ބަލާއިރު 148 އިންސައްތަ އިތުރު އަދަދެެކެވެ.

މިމަހުގެ 15ވަނަ ދުވަހު ރާއްޖޭގެ ޓޫރިސްޓު ބެޑްނައިޓްސްވަނީ 10.7 މިލިއަން ހުރަސްކޮށްފައެވެ. މިއީ ރެކޯޑު އަދަދެކެވެ. އަދި މިއީ ސަރުކާރުން މިއަހަރަށް ކަނޑައެޅި 10 މިލިއަން ބެޑް ނައިޓްސްގެ އަމާޒެވެ.

ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 4967 ފަތުރުވެރިން އާދެއެވެ. އަދި އަހަރުގެ ބާކީ އޮތް ދުވަސްތަކުގައި މިއަދަދަށް ރާއްޖެއަށް ފަތުރުވެރިން އަންނަމުންދާ ނަމަ އަހަރު ނިމޭއިރު ރާއްޖެއަށް ޖުމްލަ 1.3 މިލިއަން ފަތުރުވެރިން އަންނާނެ ކަަމަށް ލަފާކުރެއެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން ފަތުރުވެރިކަމުގެ 912 ފެސިލިޓީއަކުން 52848 އެނދުވަނީ ފަތުރުވެރިކަމަށް ނެރެފައެވެ. މީގެތެރޭގައި ހިމެނެނީ ރިސޯޓުތަކުގެ 38،182 އެނދާއި، ހޮޓާ އަދި ގެސްޓު ހައުސްތަކުގެ 11،850 އެނދުގެ އިތުރުން ސަފާރީތަކުން ފަތުރުވެރިކަމަށް ނެރެފައިވާ 2816 އެނދެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355