twitterviber whatsapp telegramfacebookyoutube instagram
8th April 2026

ކުޅުދުއްފުށީ ލޯކަލް ބަނދަރަށް ދިމާވެފައިވާ ނެރުގެ މައްސަލަ ހައްލުކޮށް މަސައްކަތް ނިންމާލައިފި

May 27, 2011

އިބްރާހިމް ހަމީދު

ކުޅުދުއްފުށީ ލޯކަލް ބަނދަރަށް ދިމާވެފައިވާ ނެރުގެ މައްސަލަ ހައްލުކޮށް މަސައްކަތް ނިންމާލައިފިއެވެ.

ކުޅުދުއްފުށީ އޮންލައިނަށް މައުލޫމާތުދެއްވަމުން މަތިއުތުރު ގައުމީ އިދާރާގެ ސްޓޭޓް ސެކްޓަރީ ހަސަން ޒިޔާދު ވިދާޅުވީ ކުޅުދުއްފުށީ ލޯކަލް ބަނދަރަށް ދިމާވެފައިވާ ނެރުގެ މައްސަލަ ހައްލު ކުރުމަށް ފެށި މަސައްކަތް ނިމިފައިވާ ކަމަށާއި އަދި ނިމިފައިވާ އެނެރުގެ ފުޅާމިން ބަނދަރާ ދިމާ އެތެރެ ކޮޅުގައި 41.76 މީޓަރު، ނެރުގެ ބޭރުކޮޅުގައި 49.36 މީޓަރު އަދި ނެރުގެ ދިގުމިނުގައި 106.84 މީޓަރު ހުންނާނެ ކަމަށެވެ.

“ނެރުގެ އުތުރުފަރާތު ފައިކަށީގައި 106.84 މީޓަރު އަދި ދެކުނު ފަރާތު ފައިކަށީގައި 26.69 މީޓަރުގެ ތޮށިގަނޑެއް ބޮޑު ހިލައިން ލެވިފައިވާނެ.” ހަސަން ޒިޔާދު އިތުރަށް މައުލޫމާތު ދެއްވިއެވެ.

މިބަނދަރަކީ ދިގުމިނުގައި 1500 ފޫޓް އަދި ފުޅާމިނުގައި 300 ފޫޓް ގެއިތުރުން އޮޑިއެހެލާ ސަރަހައްދަކާއިއެކު 2008 ވަނައަހަރު ސަރުކާރުން އެމްޓީސީސި އާއި ހަވާލުކޮށްގެން ކުޅުދުއްފުށީގައި ހެދި ލޯކަލް ބަނދަރެކެވެ.

ބަނދަރު ބޭނުން ކުރަން ފެށި ފަހުން ނެރުގެ ސަބަބުން ވަނީ އެކި ފަހަރު މަތިން ވަނީ ދޯނި ފަހަރަށް ގެއްލުން ބޮޑު ހާދިސާ ތައް ދިމާވެފައެވެ. އާއްމު ރައްޔިތުނަށް ވެސް ބޮޑެތި ގެއްލުންތައްވަނީ ލިބިފައެވެ. ބަނދަރުގެ ނެރުގެ މައްސަލަ ހައްލުކުރަން ފަށާފައިވަނީ މިއަހަރުގެ ޖެނުއަރީމަހުއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355